ދުނިޔެ ތަރައްޤީވެ ކުރިއަރަމުންއައިސް ދުނިޔެ މިވަނީ ވަށް
ކުނބުރަކަށްވެފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ގައުމެއްގައި
ހުރި މީހަކާއި ވާހަކަދެއްކޭނެ، އެކީގައި އުޅެވޭނެ މަގުމިވަނީ ތަނަވަސްވެފައެވެ. ހަމަ
އެއާއެކު ތަޢުލީމީ ދާއިރާއަށް ވެސް މިވަނީ މި ބަދަލުތައް އައިސްފައެވެ.
މިގޮތުންއައި އެންމެ ބޮޑު އިންޤިލާބަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެމީހަކު ބޭނުން ޤައުމެއްގެ ބޭނުން ޔުނިވާސިޓީއަކުން އެމީހަކު ބޭނުން ކޯހެއް ހަދާލާނެ ފުރުޞަތު ތަނަވަސްވެގެން ދިއުމެވެ. އަދި އެއީ ކުޑަ އަގެއްގައި ހަދާލެވޭ ކޯސްތަކަކަށް ވުމުގެ އިތުރުން ބައެއް ކޯސްތަކަކީ ހިލޭ ހަދާލެވޭ ކޯސްތަކަކަށް މިހާރު ވަނީ ވެފައެވެ.
މިގޮތުންއައި އެންމެ ބޮޑު އިންޤިލާބަކީ ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް އެމީހަކު ބޭނުން ޤައުމެއްގެ ބޭނުން ޔުނިވާސިޓީއަކުން އެމީހަކު ބޭނުން ކޯހެއް ހަދާލާނެ ފުރުޞަތު ތަނަވަސްވެގެން ދިއުމެވެ. އަދި އެއީ ކުޑަ އަގެއްގައި ހަދާލެވޭ ކޯސްތަކަކަށް ވުމުގެ އިތުރުން ބައެއް ކޯސްތަކަކީ ހިލޭ ހަދާލެވޭ ކޯސްތަކަކަށް މިހާރު ވަނީ ވެފައެވެ.
މިފަދައިން
އޮންލައިންކޮށް ކިޔެވޭނެ ފާހަގަކޮށްލެވޭ ގިނަ ސައިޓްތަކެއް އަދި ޔުނިވާސިޓީތަކެއް
މިހާރު އެބަހުއްޓެވެ. އަދި އެފަދަ ސައިޓްތަކުގައި ހާއްސަ ފާހަގަކޮށްލެވޭ
ފީޗާސްތައް ނުވަތަ ސިފަތައް ހުރެއެވެ.
އެގޮތުން
ފާހަގަކޮށްލެވޭ ބައެއް ސައިޓްތައް މި ލިޔުމުގައި ހިމަނާލާނަމެވެ.
އިސްލާމިކް އޮންލައިން ޔުނިވާސިޓީ
މި ލިސްޓުގައި އެންމެ ފުރަތަމަ އަޅުގަނޑު ފާހަގަ ކޮށްލާ
ވެބްސައިޓަކީ އިސްލާމިކް އޮންލައިން ޔުނިވާސިޓީއެވެ.
އިސްލާމިކް އޮންލައިން ޔުނިވާސިޓީއަކީ ދުނިޔޭގެ ކޮންމެތާކު
ތިބެގެންވެސް އިސްލާމީ ތަޢުލީމު އުނގެނުމުގެ މަގު ހުޅުވައިދީފައިވާ އޮންލައިން
ޔުނިވާސިޓީއެކެވެ. މި ޔުނިވާސިޓީގެ ފައުންޑަރ މެންބަރަކީ ޑރ. ބިލާލް ޕިލިޕްސްއެވެ. ޑިޕްލަމާއިން
ފެށިގެން ޑިގްރީ ފެންވަރުގެ ކޯސްތައްވެސް މި ވެބްސައިޓް މެދުވެރިކޮށް ހަދާލެވެން
ހުރެއެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ކޮންމެ ޤައުމެއްގެ ކޮންމެ
ދީނެއްގެ ކޮންމެ ޘަޤާފަތެއްގެ މީހަކަށްވެސް އޮވެއެވެ. މިހާރުވެސް 18000 ދަރިވަރުން
މި ޔުނިވާސިޓީގައި ތަޢުލީމު ހާޞިލް ކުރަމުންދެއެވެ.
މި
ޔުނިވާސިޓީން ހެދޭ ކޯސްތަކުގެ ތެރެއިން ޑިޕްލޮމާ ކޯސްތަކަކީ އެއްވެސް އަގެއްނަގާ ކޯސްތަކެއް ނޫނެވެ. އޭގެ
ތެރޭގައި 28 ކޯހެއް ހިމެނެއެވެ. މި ކޯސްތައް ހިންގާ ދާއިރާތަކަށް ބަލާއިރު އިސްލާމީ ތަޢުލީމުގެ
އިތުރުން، އިސްލާމީ އިޤްތިޞާދު، ބޭންކިންގ އަދި ފައިނޭންސް، ސައިކޮލޮޖީ،
އަރަބިބަސް އަދި ލިންގުއިސްޓިކް ހިމެނެއެވެ.
މި
ވެބްސައިޓްގެ އިތުރުން މި ޔުނިވާސިޓީގައި ކިޔަވާ ދަރިވަރުންނަށް ހާއްޞަކޮށް
ތައްޔާރު ކުރެވިފައިވާ އީ-ލައިބްރަރީއަކާއި އޮންލައިން އެޕްލިކޭޝަންއެއްވެސް ވެއެވެ. އެ
އެޕްލިކޭޝަން ބޭނުން ކުރެވޭ ނީ ހަމައެކަނި ޑިގްރީ ދަރިވަރުންނަށެވެ. މި
އެޕްލިކޭޝަންގެ ޚާއްޞަ ސިފަތަކަށް ބަލާއިރު، އަންނަނިވި ކަންތައްތައް
ފާހަގަކުރެވެއެވެ.
v ޕީޑީއެފް، އޯޑިއޯ، ވީޑިއޯ، ޑައުންލޯޑް ކުރެވޭނެ
v ގިނަ ކަންތައްތަކެއް ކުރުމަށް އެއްފަހަރާ ބޭނުންކުރެވޭނެ
v އެޕް މިނިމައިޒް ކޮށްގެންވެސް އޯޑިއޯ އަޑުއެހޭނެ
v ކޯސް ފޯރަމްތަކަށް ވަދެވޭނެ
v ކޯހުގައި ކުރެވޭ މަސައްކަތްތަކާއި ސުވާލުތައް ލިބޭނެ
މި ޔުނިވާސިޓީ އަކީ ދުނިޔޭގެ ފުރަތަމަ ޓިއުޝަންފުރީ އިސްލާމިކް ޑިގްރީ ކޯސް ހިންގާ ޔުނިވާސިޓީއެވެ. މި ޔުނިވާސިޓީގައި ކިޔަވައިދޭ ހުރިހާ ކޯހެއްވެސް ކިޔަވައިދެނީ އިންގިރޭސި ބަހުންނެވެ.
އެކަޑަމިކް އާތް
750 އޮންލައިން ކޯސް ހިންގާ މި ވެބްސައިޓަކީ ދުނިޔޭގެ އެކި
އެކި ޔުނިވާސިޓީ ތަކާއި ގުޅިގެން ތަފާތު އެކިއެކި ދާއިރާގެ ކޯސްތައް ހިންގާ
ވެބްސައިޓެކެވެ. މި ވެބްސައިޓުމެދުވެރިކޮށް ހިންގާ ކޯސްތަކުގައި ހިލޭ ބައިވެރި
ވެވެއެވެ. އެގޮތަށް ހިންގާ ކޯސްތަކަށް ބަލާއިރު އާޓް އަދި ޑިޒައިން ކުރުމުގެ
ދާއިރާގެ ކޯސްތަކާއި، ވިޔަފާރީގެ ދާއިރާގެ ކޯސްތަކާއި، އިންޖިނިއަރިން ދާއިރާގެ
ކޯސްތަކާއި އިންސާނީ ޢިލްމުގެ ކޯސްތަކާއި، ސިއްޙީ ދާއިރާގެ ކޯސްތަކާއި، ސައިންސާއި
ހިސާބު ޢިލްމުގެ ދާއިރާ އަދި ސޯސިއަލް ސައިންސް ހިމެނެއެވެ.
މި ވެބްސައިޓް
މެދުވެރިކޮށް ކޯސް ހިންގާ ޔުނިވާސިޓީ ތަކުގެ ތެރޭގައި، ޔޭލް ޔުނިވާސިޓީ އާއި ހަވާޑް ޔުނިވާސިޓީ އާއި ސްޓެންފޯޑް ޔުނިވާސިޓީ އާއި ޔުނިވާސިޓީއޮފް ކެލިފޯނިއާ ފަދަ މަޝްހޫރު
ޔުނިވާސިޓީތައް ހިމެނެއެވެ.
ކޯސެރާ
ކޯސެރާއަކީ ދުނިޔޭގެ
ބޮޑެތި ޔުނިވާސިޓީތަކާއި އޮގްނައިޒޭޝަން ތަކާއެކު ޕާޓްނާޝިޕް
އެއްބަސްވުމުގެ ދަށުން ތަފާތު އެކިއެކި ދާއިރާތަކުގެ ކޯސް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. އެމީހަކު ބޭނުން ވަގުތެއްގައި ވީޑިއޯތައް ބަލައި، ކިޔަވައިދޭ ފަރާތްތަކާއި ވާހަކަދައްކާ، ކިޔަވަން އުޅޭ އެހެން ކުދިންނާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ނިންމާ ގޮތަށް މި ސައިޓުވަނީ ފަރުމާ ކުރެވިފައެވެ. އަދި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް ސެޓްފިކެޓްވެސް ދެވޭނެއެވެ.
އެއްބަސްވުމުގެ ދަށުން ތަފާތު އެކިއެކި ދާއިރާތަކުގެ ކޯސް ހިންގާ އޮންލައިން ޕްލެޓްފޯމެކެވެ. އެމީހަކު ބޭނުން ވަގުތެއްގައި ވީޑިއޯތައް ބަލައި، ކިޔަވައިދޭ ފަރާތްތަކާއި ވާހަކަދައްކާ، ކިޔަވަން އުޅޭ އެހެން ކުދިންނާއި ގުޅިގެން ހަވާލުކުރެވޭ މަސައްކަތްތައް ނިންމާ ގޮތަށް މި ސައިޓުވަނީ ފަރުމާ ކުރެވިފައެވެ. އަދި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް މި ޕްލެޓްފޯމް މެދުވެރިކޮށް ސެޓްފިކެޓްވެސް ދެވޭނެއެވެ.
މި ޕްލެޓްފޯމްގައި ހިންގާ ކޯސްތަށް ކުރިއަށް ގެންދެވޭނީ އެއްލެވެލްގައި ހާސިލްކުރަންޖެހޭ މިންގަނޑު ފުރިހަމަވުމުން އަނެއް މިންގަނޑަށް ދެވޭގޮތަށެވެ. އެއް ދަރިވަރަކު އަނެއް ދަރިވަރަކަށް މަސައްކަތްތައް ބަލާ ފީޑްބެކް ދެވޭނެ ގޮތް ހަމަޖެހިފައި ހުރެއެވެ. ދަރިވަރުންނަށް ފަސޭހައަށް މި ޕްލެޓްފޯމްގެ ފަރާތުން އޮންލައިން އެޕްލިކޭޝަންތައް ވަނީ ތަޢާރަފްކޮށްފައެވެ. އެންޑްރޮއިޑަށް އަދި އެޕަލްއަށް ޚާއްޞަކޮށް މި އެޕްލިކޭޝަން ވަނީ ތައްޔާރުކުރެވިފައެވެ.

އަދި ކޯސް ފުރިހަމަކުރާ ދަރިވަރުންނަށް ސެޓްފިކެޓްވެސް މި ޕްލެޓްފޯމްގެ ފަރާތުން ދެއެވެ.
އެޓްލާންޓީކް އިންޓަނޭޝަނަލް ޔުނިވާސިޓީ
މި ޔުނިވާސިޓީއަކީ ޑިގްރީ
ޕްރޮގުރާމުތަކުންފެށިގެން ޕީއެޗްޑީ ފެންވަރަށް ދުރުންދޭ ތައުލީމު
ފޯރޮށްދޭ އޮންލައިން ޔުނިވާސިޓީއެކެވެ. 120 ކޯހަށް ވުރެ ގިނަ ކޯސް މި ޔުނިވާސިޓީން
ހިންގައެވެ. އިތުރަށް ދަރިވަރުންނަށް އެހީތެރިވުމަށް އޮންލައިން ލައިބްރަރީއެއްގެ ޚިދުމަތްވެސް
މި ވެބްސައިޓުން ދެއެވެ. މި ޔުނިވާސިޓީން ހިންގާ ކޯސްތަކުގެ ތެރޭގައި:
ޑިގްރީ ކޯސްތައް:
v ބެޗްލަރ އޮފް އާޓްސް
v ބެޗްލާރ އޮފް ބިޒްނަސް
v ބެޗްލަރ އޮފް އިންޖިނިއަރިން
v ބެޗްލަރ އޮފް ސައިންސް
މާސްޓަރ ކޯސްތައް:
v މާސްޓަރ އޮފް އާޓްސް
v މާސްޓަރ އޮފް ބިޒްނަސް
v މާސްޓަރ އޮފް އިންޖިނިއަރިން
ޕީއެޗްޑީ ކޯސްތައް:
v ޑޮކްޓަރ އޮފް އާޓްސް
v ޑޮކްޓަރ އޮފް ބިޒްނަސް
v ޑޮކްޓަރ އޮފް އިންޖިނިއަރިން
v ޑޮކްޓަރ އޮފް ސައިންސް
އީޑީއެކްސް
މިއީ 2012 ވަނަ އަހަރު ހަވާޑް ޔުނިވާސިޓީ އަދި އެމް.އައި.ޓީ ގުޅިގެން އޮންލައިންކޮށް ކޯސްހިންގާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް މި ދެޔުނިވާސިޓީގެ އިތުރަށް ދުނިޔޭގެ އެންމެ ރަނގަޅު ތަޢުލީމު ފޯރުކޮށްދޭ އިންސްޓިޓިއުޝަންތައް މަދުވެރިކޮށް މި ޕްލެޓްފޯމުގައި ކޯސްތައް ހިންގައެވެ. މުޅިއެކު 85 ޕާޓްނަރުން ދުނިޔޭގެ އެކިކަންކޮޅުތަކުން އީޑީއެކްސައި ބައިވެރިވެއެވެ. ކޯސްހިންގާ ދާއިރާތަކަށް ބަލާއިރު، ކޮމްޕިއުޓަރ ސައިންސް، ލޭންގުއޭޖަސް، އިންޖިނިއަރިން، ސައިކޮލޮޖީ، ލިޔުންތެރިކަން، އިލެކްޓްރޯނިކްސް، ބައޮލޮޖީ އަދި މާކެޓިން ހިމެނެއެވެ. މިތަނުން ހިންގާ އީޑީއެކްސް ކޯސްތަކަކީ އެއްވެސް ފީއެއް ނަގައިގެން ހިންގާ ކޯސްތަކެއް ނޫނެވެ.
ހަވާލާ ލިސްޓް:












އޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުތަކާބެހޭ ވަރަށް ފުރިހަމަ މަޢުލޫމާތު ތަކެއް ހިނާލާފައިވާ ލިޔުމެކެވެ. އަދި ޚާއްސަކޮށް އިސްލާމީ ތަޢުލީމު އެގެނޭނެ މަގެއް ދައްކަވާދެއްވާފައިވާތީ އިތުރަށް ފުރިހަމަވެގެން ދިޔަކަން ފާޙަގަކޮށްލަމެވެ.
ReplyDeleteއޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުތަކާބެހޭ ވަރަށް ފުރިހަމަ މަޢުލޫމާތު ތަކެއް ހިނާލާފައިވާ ލިޔުމެކެވެ. އަދި ޚާއްސަކޮށް އިސްލާމީ ތަޢުލީމު އެގެނޭނެ މަގެއް ދައްކަވާދެއްވާފައިވާތީ އިތުރަށް ފުރިހަމަވެގެން ދިޔަކަން ފާޙަގަކޮށްލަމެވެ.
ReplyDeleteއޮންލައިންކޮށް ކިޔެވުމުގެ ފުރުޞަތުތަކާބެހޭ ވަރަށް ފުރިހަމަ މަޢުލޫމާތު ތަކެއް ހިނާލާފައިވާ ލިޔުމެކެވެ..
ReplyDeleteވަރަށް ފުރިހަމަ. ދެން ބުނާނެ އެއްޗެއް ނެތް
ReplyDelete