Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

ތަޢާރަފް

ހުޅުދާންވެފައިވާ ގަދަ ނޫރަކުން އަޅަމެންގެ ހިތްތައް އަލި ކޮށްދެއްވި ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙަމްދާއިޝުކުރުކުރަމެވެ. އެ ނޫރު އަޅަމެންނަށް ފޯރުކޮށްދެއްވި ލޮބުވެތި ރަސޫލާ މުޙައްމަދު ޞައްލައްﷲ ޢަލައިހިވަސައްލަމައަށް ޞަލަވާތާއި ސަލާމްލެއްވުން އެދި ދުޢާކުރަމެވެ. އަދި މި ޞަލަވާތާއި ސަލާމުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި މިތުރު ޞަޙާބީން ޝާމިލް ކުރަމެވެ.

މިފަދަ ބްލޮގެއް ތައްޔާރު ކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވިކަމަށްޓަކައި ﷲ އަށް ޙަމްދުކުރަމެވެ. މި ބްލޮގަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި ހިންގާ ކޯހެއްކަމުގައިވާ ޕޯސްޓް ގުރެޖުއޭޓް ޑިޕްލަމާއިން ޓީޗިން ކޯހުގައި ކިޔަވާ މާއްދާއެއްކަމުގައިވާ "އެޑިއުކޭޝަނަލް ޓެކްނޮލޮޖީ" މިމާއްދާއިން ތައްޔާރު ކުރުމަށް ހަވާލުކުރެވުނު އެސައިންމަންޓެކެވެ. މި ބްލޮގު ތައްޔާރުކޮށްފައިވަނީ ހަތަރު ކުދިންގެ ގުރޫޕުގައި ގުރޫޕުގެ ހުރިހާ މެންބަރުންވެސް ބައިވެރިވާ ގޮތުގެ މަަތިންނެވެ. މި ގޮތުން މި ބްލޮގް ތައްޔާރު ކުރުމުގައި ބައިވެރިވީ އަޙްމަދު ހާޝިމް، ހަބީބު ޒާހިރު، އަޙްމަދު ޙަމީދު އަދި ޢާއިޝަތު ޙަލީލާއެވެ. މި ހަތަރު މެންބަރުންގެ މެދުގައި ތައްޔާރު ކުރެވުނު މި ވެބްސައިޓަށް އަޅުގަނޑުމެން ދީފައިވާ ނަމަކީ "ހުޅުދާން.ބްލޮގްސްޕޮޓް.ކޮމް" އެވެ.
މި ބްލޮގައް "ހުޅުދާން" ކިޔުނީ ކިހިނެއް؟
ހުޅުދާން، މިބަހުގެ މާނައަށް ވިސްނާއިރު ދިވެހި ބަހުގެ ބަސްފޮތުގައި މިބަހުގެ މާނައެއްކަމުގައި ދީފައިވަނީ " އާދަޔާ ޚިލާފަށް ކޮށްފައި ހުންނަ ގަދައަލި" މި މާނައެވެ. ދަންނަވަންތޯއެވެ. މުދައްރިސުންނަކީ، މިފަދަ ގަދަ އައްޔެއް ނޫންތޯއެވެ. އެ ގަދަ ފަދަ އަލީގެ ނޫރު ފޯރާ ފަރާތްތަކަކީ، މުދައްރިސުންގެ ފަރާތުން ޢިލްމާއި ހުނަރު ދެނެގަންނަ ދަރިވަރުންނޫންތޯއެވެ.
ވީމާ، މި ވެބްސައިޓުގައި "ހުޅުދާން" މި ލަފްޒު ރައްދުވަނީ ޢިލްމުގެ ނޫރެއްކަމުގައިވާ އެދުރުންނަށެވެ. އެ ބޭފުޅުންގެ ޢިލްމުގެ ބޭނުންތެރިކަމާއި އެ ޢިލްމުގެ މުހިންމު ކަމަށެވެ.
އަޅުގަނޑުމެންގެ ދުޢާއަކީ މި ތައްޔާރުކުރެވުނު ކުޑަކުޑަ ބްލޮގަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަ އެސައިންމަންޓަކަށް ވުމުގެ އިތުރުން ޢިލްމު ފެތުރުމަށް ހުޅުވިގެންދާނެ އިތުރު ދޮރަކަށް ވާނެކަމަށެވެ. މި ޢިލްމީ ދަންމަރުގެ ނޫރު ފަނޑުނުވެ ދެމިގެން ދާނެ ގޮތްތައް މިންވަރު ކުރައްވާށިއެވެ. އާމީން.
Share on Google Plus

1 comment:

  1. ވަރަށްފުރިހަމަ ތަޢާރަފެއް، ހުޅުދާންގެ މާނަ އަޅުގަޑުމެންގެ މުދައްރިސުންނާ ގުޅުވާލެވިފާ ތިޔަވަނީ ހަމަ އަލިގަދަ ދަންމަރެއްގެ ސިފާގައެވެ. ތިއަލިކަން ތާއަބަދަށް ފަޑުވުމެއް ނެރި ދަމަހައްޓަވާންދޭވެ

    ReplyDelete

.