Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

ބޭނުންތެރި އެޕްލިކޭޝަންތަކެއް


ޒަމާންކުރިއަރާ ތަރައްޤީވެގެން އައިސް މިއަދު މިއޮތީ ޖީބުގައި އޮންނަ މޮބައިލް ފޯނުން ތިމާކުރަން ބޭނުން ހުރިހާ ކަމެއް ކުރެވޭނެ މަގު ތަނަވަސްވެފައެވެ. ކޮމްޕިއުޓަރުގެ ދުނިޔެ އިންސާނުންނާއި ހަމައަށް އައުމަށްފަހު ދުވަހަކަށް ފަހު ދުވަހެއް ޓެކްނޮލޮޖީގައި ތަރަށްޤީވަމުން އައިސް ހަމައެކަނި އިނގިލިކުރިން ކޮށްޓާލައިގެން ކަންކަން ކުރެވޭ ޒަމާނަށް ކުރިއަރާފައެވެ.

    ކޮމްޕިއުޓަރުގެ ސޮފްޓްވެއާތަކުގެ އިތުރަށް މޮބައިލް އެޕްލިކޭޝަންތައް މިހާރުވަނީ
ތަޢާރަފްވެފައެވެ. ވުމާއެކު މި ލިޔުމުގައި މިބަލާލަނީ، މިފަދަ ބައެއް އެޕްލިކޭޝަންތަކުގެ ތެރެއިން މުދައްރިސުންނަށް ފައިދާކުރާނެ ބައެއް އެޕްލިކޭޝަންތަކަށެވެ.

މިއީ، ކުލާސްތެރޭގައި ވަކި ވަރަކަށް ވުރެ އަޑުގަދަވުމުން ފޯނުން އެލާމު އަޅާ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މިއެޕްލިކޭޝަންގައި ބޭނުން ވަރަކަށް އަޑު ބެހެއްޓެން ހުރެއެވެ. ކަނޑައަޅާ އަޑަކަށްވުރެ އަޑު ގަދަވުމުން އެލާމް އަޅާގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. އަޅާ އެލާމުގައި ބުނާނީ "ކުއައިޓް ޕްލީސް" މިހެންނެވެ.



މި އެޕްލިކޭޝަންއަކީ ހާއްސަކޮށް ޓީޗަރުންނަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ޓީޗަރުންނަށް މުހިންމު ނޯޓިސްތަކާއި އަންގަންޖެހޭ އެންގުންތައް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ. މި އެޕްލިކޭޝަންގެ ފައިދާއަކީ ޓީޗަރުގެ ފޯނުނަންބަރު ފަދަ ޕާސަނަލް މައުލޫމާތުތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިއްސާ ނުކޮށް މުއާމަލާތް ކުރެވޭނެގޮތް މަގުފަހިވެގެން ދިއުމެވެ.



ކްލާސްޑޯޖޯ އަކީ، ދަރިވަރުންގެ އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީވެދޭ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންގެ އެހީގައި ދަރިވަރުންގެ އަމަލުތައް ރިކޯޑްކޮށް ޑާޓާ އުފައްދައެވެ. މި ޑާޓަ ޓީޗަރުންނަށް އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެއެވެ.


ޓީޗަރސް އެސިސްޓެންޓް ޕްރޯ 2

މިއީ ދަރިވަރުންގެ އެޓެންޑެންސް އިތުރުން އަޚްލާގަށް އަންނަ ބަދަލުތަކާއި ދަރިވަރާއި ގުޅުންހުރި ބައެއް މައުލޫމާތުތައް ރައްކާ ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މިގޮތުން ދަރިވަރުގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކާއި އެލާޖީފަދަ މައުލޫމާތުތައް ރައްކާކުރެވެއެވެ.


މި އެޕްލިކޭޝަން އެޅުމުން އައިޕެޑް ޑިޖިޓަލް ވައިޓް ބޯޑަކަށް ބަދަލުވެއެވެ. ބޭނުންނަމަ އޯޑިއޯ އަދި އިތުރު ކުރެހުންތައްވެސް ބޭނުންކުރެވިދާނެއެވެ.

މިއީ، ކޮންމެ ދާއިރާއަކުންވެސް ދުނިޔޭގައި އެވަގުތަކު އެންމެ ކުރިއަރާފައި ތިބި މީހުންގެ ވާހަކަތައް އަޑުއެހުމަށް އެހީވެދޭ އެޕްލިކޭޝަނެކެވެ.


މިއީ ދަރިވަރުންނާއި މުދައްރިސުން ބައްދަލު ކުރެވޭނެ ގޮތް މަގުފަހިކޮށްދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ އެހީގައި ކިޔެވުމަށް ބޭނުންކުރެވޭ ރިސޯސަސްތައް ހިއްސާކުރެވޭނެއެވެ. މައިންޑް މެޕް، ފްލެޝް ކާޑު، ސުވާލުފަދަ ތަކެތިވެސް ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން ގްރޫޕް ޕްރޮޖެކްޓްތައް ބާއްވާ، ޑިސްކަޝަންތަކާއި ބަހުސަތައް ބޭއްވޭނެއެވެ.


ރިޕޯޓް ފޮތުގައި ލިޔާ މައުލޫމާތުތައް މި ސޮފްޓްވެއަރގެ އެހީގައި ރައްކާކުރެވޭނެއެވެ. އެސައިންމަންޓް ހަވާލުކުރާކުދިންނާއި މާކުސް ރައްކާކުރެވޭނެއެވެ. އަދި އެދަރިވަރުން ކުރިއަރާވަރު އީމެއިލްގެ އެހީގައި ލިބޭނެއެވެ.


މިއީ ޖާވާ ސްކުރިޕްޓާއި އެޗްޓީއެމްއެލްގެ ހުނަރު ނެތްކަމުގައި ވިޔަސް ތަފާތު ވައްތަރުގެ ސުވާލު ތައްޔާރުކުރުމަށްއެހީވެދޭ ސްފްޓްވެއަރއެކެވެ. މިގޮތުން އެމްސީ ކިއު އަދި އެފަދަ ތަފާތު ވައްތަރުގެ ސުވާލު ތައްޔާރުކުރެވެއެވެ.

މިއީ ކިޔަވައިދޭ ފިލާވަޅާއި ގުޅިގެން ތައްޔާރުކުރެވިފައިވާ އެކިއެކި ކުޅިވާރުތައް ނުވަތަ ގޭމްތައް ހިމެނޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރގައި ބޭނުންވާ ބަސްކޮށާރަކާއި، ބޭނުންވާ ދާއިރާއެއް އިހްތިޔާރުކުރެވެން ހުރެއެވެ.

އޮންލައިންކޮށް ޓެސްޓް ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މި ސޮފްޓްވެއަރއަކީ ދަރިވަރުންނަށް އޮންލައިން ޕޭޕަރެއްގެ ގޮތުގައި ޓެސްޓްދެވޭ ސޮފްޓްވެއަރއެކެވެ. އަދި ދަރިވަރުން ހަދާ ޓެސްޓްގެ ނަތީޖާ ސީދާ ޓީޗަރަށާއި ދަރިވަރަށް މި ސޮފްޓް ވެއަރގެ އެހީގައި ލިބެއެވެ.


މި ހިމަނާލެވުނު އެޕްލިކޭޝަންތަކަކީ މުދައްރިސުންނަށް ނުހަނު ފައިދާކުރާނެ އެޕްލިކޭޝަންތަކެއްކަމުގައި އަޅުގަނޑު އުންމީދުކުރަމެވެ. މި އެޕްލިކޭޝަންތަކުގެ ބޭނުން އަދި މިފަދަ އެހެން އެޕްލިކޭޝަންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ޒަމާނާ އެއްވަރަށް މުދަށްރިސުން ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ނަޞޭހަތްތެރިވަމެވެ.


ނޯޓް: ޓެކްނޮލޮޖީއަކީ އަބަދުވެސް ކުރިއަރާއެއްޗަކަށްވުމުން މަތީގައި ދެވިފައިވާ އަޕްލިކޭޝަންތައް އެހެން އޯއެސް ތަކަށް ސަޕޯޓްކުރާގޮތަށް އުފައްދަމުންދާނެކަން ޔަޤީނެވެ. ވީމާ އެފަދަ ބަދަލުތައް އަންނަމުންދާނެއެވެ. މިލިޔުމުގައި އެހުރީ މިވަގުތަށް ލިބެންހުރި މައުލޫމާތުތަކަށް ބަލާފައެވެ.
Share on Google Plus

12 comments:

  1. އަހާ ތަކުރާ މިޔޮށްކަމެކޯ ޖަހާފާހުރި ފޮޓޯތަކެކޯ
    ބަހާ އޮއްޓަރުގެ ހުރިވަރެކޯ އަހާލަންތޯ ކިހާވަރެކޯ؟

    ReplyDelete
  2. ހިމަނާލެވިފައިވާ މައުލޫމާތުތަކަކީ ވަރަށް މައުލޫތު އެކުލެޭ ލިޔުމެއްކަން ފާހަގަކުރަން

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ފަންނީގޮތުންނާއި ޢިލްމީގޮތުން މިއާޓިކަލްއަކީ ހާޝިމާ ވަރަށް ބޮޑަށް ގުޅޭ،ރީތި އަދި ފުރިހަމަ ކަމުގެ މިސާލެއް

    ReplyDelete
  5. ކުރިންއެނގިފައިނުވާ ވަރަށްގިނަ އެޕްލިކޭޝަންތަކަކާއިބެހޭ ވަރަށް އަގުހުރި މަޢުލޫމާތުތަކެއް ލިބިގެން ހިނގައްޖެ ޝުކުރިއްޔާ

    ReplyDelete
  6. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  7. ވަރަށް ރަނގަޅު ލިޔުމެއް

    ReplyDelete
  8. މާޝާﷲ ވަރަށް ފުރިހަމަ އެހާމެ ބޭނުންތެރި މަޢްލޫމާތުތަކެއް ހުރި ލިޔުމެއް .ޚާއްޞަކޮށް ޓީޗަރުންނަށް

    ReplyDelete
  9. މިއީ ކޮންމެ އިރެއްގައިވެސް ކިޔަވައި ދިނުމަށްތައްޔާރު ވުމުގެ ގޮތުން ބޭނުން ކުރެވިދާނެ އެޕް ތަކެއް ހިމަނާފައިވާ ފުރިހަމަ އާޓިކަލްއެއް.

    ReplyDelete
  10. މި މަޢުޟޫއާއި މިލިޔުން ވަރަށް ގުޅޭ.އަރިމަތީ ސުރުހީތަކާއެކު އޮށްޓަރުހުރި ވާހަކަތައް ހެއްކާއެކު ހުށަހަޅައިދީފައި ހުރިކަން ފާހަގަކުރަން. ވަރަށްމޮޅު.

    ReplyDelete
  11. ކުރުކޮށް އެހެންނަމަވެސް ފުރިހަމަ މަޢުލޫމާތުކޮޅެއް.. ކިޔާލަން ފަސޭހަ..

    ReplyDelete
  12. ވަރަށް ފުރިހަމަ މަޢުލޫމާތު ތަކެކެވެ. އަދި އެހާމެ އުފެއްދުންތެރިކަން ދައްކުވައިދެއެވެ.ބައެއް އެޕްލިކޭޝަންތައް ކުރެވޭ ބޭނުންތައް ފުރިހަމައަށް ގެނެސްދެއްފުރިހަމައަށް ގެނެސްދެވިފައިވާއިރު އެއާއި ގުޅުވާ ބޭނުންކުރާގޮތް ގެނެވުންނަމަ ވަކިންބޮޑަށް ފުރިހަމަވެގެން ދިއައިހެވެ. މިސާލަކަށް ކުލާސްޑޯޖޯ އަދި ޓީޗާރސް އެސިސްޓެންޓް ޕޮރޯ 2

    ReplyDelete

.