Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމެވެ. ބަނަރޑް ޖޯން ޕޫލް (2008) ވިދާޅުވާ ގޮތުގައި މީޑިޔާގެ ޒަރީޢާއިން ލިޔުން، އަޑު، ފޮޓޯ، އެނިމޭޝަން، ވީޑިއޯ ބޭނުން ކުރުމުން ދަރިވަރުންނާ މަޢުލޫމަތު ޙިއްސާ ކުރުމަށް ފަސޭހަ ވެއެވެ. މި ވަޞީލަތްތައްކުގެ އިތުރަށް އިންޓަނެޓް، އޯވަރހެޑް ޕްރޮޖެކްޓަރ، ކޮމްޕއުޓަރ، މަލްޓި މީޑިޔަރ ޕްރޮޖެކްޓަރ، ސްމާޓް ބޯޑް، މިމިނޯ، ފަދަ ޒަމާނީ ވަޞީލަތްތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.
               އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ އިލެކްޓްރޯނިކް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ނުވަތަ އީލާނިން އަކީ މިހާރުގެ މުޖުތަމައަށް ވަރަށް މުހިއްމު އެއްޗެކެވެ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ބޭނުން ކުރަނީ ހަމައެކަނި ސްކޫލް ތަކުގައި އެކަންޏެއް ނޫނެވެ. ގޭތެރޭގައާއި ވިޔަފާރި ތަކުގައި ވެސް ދަސްކުރަން ބޭނުންވާ މީހުން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.
              ބަނަރޑް ޖޯން ޕޫލް (2008) ވިދާޅުވާގޮތުގައި އިންޓަނެޓް ބޭނުންކޮށްގެން ޝައުޤުވެރިކަމާއެކު ކިޔަވައިދެވޭނެ ގޮތްތައް ރޭވޭނެއެވެ. އެއީ ކިޔަވައިދޭއިރު އިންޓަނެޓް ބޭނުންކޮށްގެން ތަސްވީރުތައް ހޯދައި، ކުރެހުންތަކާއި ކަންކަމާގުޅޭ ވީޑިއޯތައް ނެގުމަކީވެސް ކުރެވިދާނެ ކަމަކަށް ވާތީއެވެ. އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވެދެއެވެ.
           މަލްޓިމީޑިޔާ ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން ކުދިންގެ ކުރިއެރުމަށާއި ކުދިންގެ ޝައުޤުވެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. ލެސް ފޮލްޓޮސް (2002) ހާމަކުރައްވާ ގޮތުގައި ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ކުލާސްރޫމް ތަކުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެމެރިކާގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން އަހަރަކު 5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ. ސަބަބަކީ ޓެކްނޮލޮޖީ ބޭނުންކުރުމުން ޓީޗަރުންނާއި ދަރިވަރުންނަށް ކުރިއެރުން ލިބޭކަން ވިޔަފާރިވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންނާއި ސަރުކާރުން ގަބޫލު ކުރާތީއެވެ.
              ލިންޑާ އޭ ސެންޓިސް (1991) ހާމަކުރައްވާ ގޮތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ މިދުނިޔޭގައި، ކުރިން ކިޔަވައިދެމުން އަންނަ ގޮތްތައް ބޭނުންކޮށްގެން ކުދިންގެ ޝައުޤުވެރިކަން ދަމައިގަތުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ނަމަވެސް ތަޢުލީމީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މަލްޓިމީޑިޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެފަދަ ކުދިންގެ ޝައުޤުވެރިކަން ދަމައިގެނެވެއެވެ. މަލްޓިމީޑިޔާގެ ސަބަބުން ކުދިން ފިލާވަޅުގައި ބައިވެރިވުން އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ.
              މަލްޓިމީޑިޔާގެ އެހީގައި ދަސްކުރުމަކީ މިއަދު ދުނިޔެއަށް ތަޢާރަފު ވަމުންދާ ފެޝަނެކެވެ. އެކަމަށް ބާރުދެއްވަމުން ބިލްގޭޓްސް (1997) ވިދާޅުވެފައިވަނީ ކޮމްޕިއުޓަރުގެ އެހީގައި ދަސްކުރުން ފެޝަނަކަށްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އަސަރު މުޖުތަމަޢަށާއި ތަޢުލީމީ ދާއިރާއަށް ފޯރުމުންނެވެ. ބިލްގޭޓްސްގެ ނަޒަރުގައި ކިޔަވައިދިނުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ދަރިވަރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާތައް އެއްވެސް ބިރެއްނެތި ދަރިވަރުންނަށް ބަލައިލެވެއެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ޕްރެޝަރ ކުޑަވެގެންދާކަމަށް ބިލްގޭޓްސް ހާމަކުރައްވައެވެ. ނަތީޖާއަކަށް ވަނީ ދަރިވަރުންގެ ހާސްކަން ކުޑަވެ، ކިޔެވުމަށް ފަސޭހަވުމެވެ. އަދި އެކަމުގެ ސަބަބުން ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން އިތުރުވުމެވެ.

             އުނގެނުމާއި އުނގަންނައިދިނުމަށް އެހީތެރިވުމަށް ތަފާތު ގޮތްތައް ބޭނުން ކުރުމަކީ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިގޮތުން އެންމެ ފުރަތަމަ މީޑިޔާ ބޭނުންކުރަންފެށީ 20 ވަނަ ގަރުނުގެ ކުރީކޮޅުއެވެ. މިގޮތުން އެޑިޔުކޭޝަނަލް ފިލްމެއް އުފައްދާފައިވަނީ 1900 ވަނަ އަހަރުގައެވެ. އަދި 1920 ވަނަ އަހަރު މެކޭނިކަލް ޓީޗިން މެޝިން އުފެއްދިއެވެ. މި މެޝިނުން ފުރަތަމަ އެސެސްމެންޓް ހެދިފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އިންޓަލިޖެންސް ބެލުމަށެވެ. އަދި އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސވަރު ސިފައިްޓރެއިން ކުރުމުގައި ފިލްމުތައް އުފައްދައި އެ ދެއްކުމަށް ޕްރޮޖެކްޓަ ބޭނު ްކުރިއެވެ. 1950 ގައި ކިޔަވައި ދިނުމަށް ޕްރޮޖެކޓަރ ބޭނުނުން ކުރެވެން ފެށިއެވެ. 
Share on Google Plus

8 comments:

  1. މިލިޔުމުގައިއެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އުފެދި ތަރއްޤީވަމުން އައިސްފައިވާ ގޮތުގެ ތާރީޚީ މަރްޙަލާ ތަކަށްބަލާލުމަށްވުރެ ބޮޑަށް މިޒަމާނުގެ މުހިންމު ބައެއް ޓެކްނޮލޮޖީތަކަށް ބަލާލެވިފައި ވާކަން އަޅުގަނޑަށް ފާހަގަ ކުރެވެއެވެ. ނަމަވެސް ބަލާލެވިފައިވާ ބައިތައް ވ.ފުރިހަމަކަމަށް ފާހަގަ ކުރެވެއެެވެ.
    -ޢަލީ އިބްރާހީމް ފުޅު -

    ReplyDelete
  2. ވަރަށް ފުރިހަމަ ލިއުމެއް ނަމަވެސް އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ކުރީގެ ތާރީޚަށް ބޮޑަށް ބަލާލިނަމަ ލިއުން އިތުރަށް ފުރިހަމަވާނެކަމަށް ގަބޫލުކުރެވޭ.

    ReplyDelete
  3. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  4. ރަނގަޅުމަޢުލޫމާތުތަކެއް ހިމަނާލާފައިވާ ލިޔުމެއް. ނަމަވެސް ޓެކްނޮލޮޖީ ކުރިއަރަމުން އައިގޮތްވެސް ހިމަާލައި، ނިންމާލުމެއްވެސް ގެނެވުނުނަމަ އިތުރަށް ފުރިހަމަވާނެކަމަށްފެނޭ.

    ReplyDelete
  5. އެޑިޔުކޭޝަނަލް ތެކްނޮލޮޖީ ތަޢާރަފް ވެގެން އައިސްފައިވާ ގޮތް ބަޔާކޮށްދީފައިވާ ވަރަށް ފުރިހަމަ އާޓިކަލްއެއް.

    ReplyDelete
  6. ކިޔާހިއްވާ އަދި މަޢުލޫމާތު މުއްސަދި ވަރަށް ފުރިހަމަ ލިޔުމެއް! ލިޔުންތެރިންނަކީ އަބަދުވެސް ކިޔުންތެރިންގެ ހިތްތަކަށް އަޘަރުކުރުވާ ގޮތަށް ލިޔާ ބައެއް!

    ReplyDelete
  7. ފެނަވަރު ރަގަޅު ލިޔުމެކެވެ. މިއަށް ވުރެ މަޢުލޫމާތު އިތުރުވިނަމް މިއަށް ވުރެ ފުރިހަމަވީހެވެ.

    ReplyDelete
  8. ތާރިޚުގެ ބައި އިތުރުކޮށްލިނަމަ ވަރަށް ރަނގަޅުވީސް

    ReplyDelete

.