Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

ކުލާސްރޫމް ޓެކްނޮލޮޖީ




ޒަމާނަކީ މީހުންގެ ފަހަތުން ދުވާއެއްޗެއްނޫނެވެ. އަދި ކިޔެއްތަ ދުވާނެ އެއްޗެއްވެސް ނުމެ ނޫމްމެއެވެ. ޒަމާނަށް އަންނަ ބަދަލުތަކުގެ ފަހަތުން އަބަދުވެސް ދުވާނީ އަހަރެމެންނެވެ. މިކަމުގެ އެއްހެއްކެއްގެ ގޮތުގައި ޒަމާނީ ކްލާސްރޫމްތައް ފުދެއެވެ. ބްލެކްބޯޑާއި ޗޯކް ބޭނުންކޮށްގެން ކިޔަވައިދެމުން ދިޔަ ކްލާސްރޫމްތައް މިހާރު މިވަނީ ޒަމާނީ ޓެކްނޮލަޖީތައް ބޭނުންކޮށްގެން ކިޔަވައިދޭން ފަށައިފައެވެ. ބްލެކް ބޯޑުގައި ޗޯކުންލިޔުމުގެ ބަދަލުގައި ސީދާ ކްލާސްތެރޭގައި ޓެކްނޮލޮޖީގެ ތަފާތު އައު ވަޞީލަތްތައް ބޭނުބްކޮށްގެން ކިޔަވައިދޭ އިރު އެތައްގުނައެއް ފަސޭހަވެފައި ކުދިންކިޔެވުމަށްދޭ ޝައުޤުވެރިކަންވެސް އިތުރުވެއެވެ. މިހާރުގެ ކްލާސްރޫމް ތަކުގައި ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އާވަޞީލަތްތައް ބޭނުންކުރުމުންނެވެ. މިގޮތުން އޮންލައިން ޓީޗިންގ ކްލާސް ބްލޮގްސްއާއި ޕްޑްކާސްޓިންގް ސުމާޓްބޯޑް އަދި މޮބައިލް ޑިވައިސްއަކީ މީގެ ތެރޭގައި ހިމެނޭ އެއްޗިއްސެވެ. މިއަދު ޢާއްމުވެގެން މިދާ ޓެކްނޮލަޖީގެ ސަބަބުން އަޅުގަނޑު މެންނަށް ފައިދާ ވާނެ ވަރަށް  ގިނަ ގޮތްތައް އެބަހުއްޓެވެ. މިގޮތުން ދުރުގައި ތިބެގެން ކިޔެވުމަށް ފަސޭހަވެ އަވަހަށް ފީޑްބެކްތައްވެސް ލިބިގެން ދެއެވެ. ހަމައެއާއި އެކު ބޮޑެތި ގްރޫޕްތަކުގެ މެދުގައި އެކުގައި މަސައްކަތް ކުރުމަށްވެސް ފަސޭހަވެގެންދެއެވެ. ޕެޑްކާސްޓިންގ އަދި ވެބްސައިޓްތައްފަދަ ޓެކްނޮލޮޖީގެ ސަބަބުން ބަލިވުންފަދަ ކަމަކާހެދި ކްލާހަށް ޙާޒިރު ނުވެވޭފަދަ ޢުޒުރެއް ދިމާވިއަސް އެދުވަހެއްގެ ފިލާވަޅު ނުގެއްލި ގޭގައި ހުރެގެންވެސް ފިލާވަޅު ދަސްކޮށް އަދި ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުޝަތު ދަރިވަރުންނަށް ލިބެއެވެ. އަދި ކްލާސް ބްލޮގްތަކާއި ވިކީގެ ސަބަބުންވެސް ކްލާސްރޫމުން ބޭރުގައިވެސް ފިލާވަޅުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބެއެވެ. އަދި ހަމަ އެއާއި އެކު އިންޓަރއެކްޓިވް ވައިޓްބޯޑް އާއި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމުގެ ސަބަބުން ކުދިންލާވަޅަށްދޭ ސަމާލުކަން އިތުރުވެ މުދައްރިސުންނަށް ފިލާވަޅު އޮޅުން ފިލުވައި ދިނުމުގައި ލުއިފަސޭހަކެއްލިބިގެންދެއެވެ.
ހަމަ އެއާއި އެކު ދަރިވަރުންނަށް ފިލާވަޅުގައި ބުނާއެއްޗެއްވެސް ފަސޭހައިން ފަހުމްވާން ވެގެންދެއެވެ.
އަދި މޯބައިލް ޑިވައިސްތަކުގެ ސަބަބުން އަވަހަށްދަރިވަރުންނަށް މަޢްލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދެއެވެ. މިއަދުގެ ދުނިޔެއަކީ ޓެކްނޮލަޖީގެ ސަބަބުން ކުޑަވަމުން އަންނަ ދުނިޔެއަކަށްވާއިރު މިއަދުގެ ކްލާސްރޫމްތަކަކީ ހަމައެކަނި ސްކޫލްގެ ހަތަރުފާރުތެރޭގައި ހުންނަ ތަނެއްނޫނެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް ތަޢްލީމު ލިބިގަތުމާ ފޯރުކޮށްދިނުމަކީ މުސްތަޤްބަލަށް އޮތް ފަހިމަގެކެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ކްލާސްރޫމްތަކުގައި ކޮމްޕިއުޓަރ ބޭނުންކުރެވޭވަރު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ހަމައެކަނި ކޮމްޕިއުޓަރލެބްގައި ކުރިން ކޮމްޕިއުޓަރ ބޭނުން ކުރަމުން އައިނަމަވެސް މިއަދު ތަޢްލީމީ އިންސްޓިޓިއުޝަންގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވީނަމަވެސް ކޮމްޕިއުޓަރ ބޭނުންކުރެވެމުންދާތަން ދަނީ ފެންނަމުންނެވެ. ދަރިވަރުން އެސައިމެންޓް ހެދުމަށާއި ރިސާޗް ހެދުމަށްކޮމްޕިއުޓަރ ބޭނުންކުރެއެވެ. އަދި ޓީޗަރުން ދަރިވަރުންގެ މަސައްކަތްތައް ބެލުމަށާއި ގްރޭޑްކުރުމަށް ކޮމްޕިއުޓަރގެ ބޭނުންކުރެއެވެ.
އިންޓަރނެޓް އީޖާދުވުމުން އެކިއެކި ކަންކަމާއިގުޅޭ މަޢްލޫމާތު ހޯދުން މިވަނީ ނުހަނު ފަސޭހަ ކަމަކަށްވެފައެވެ. މިއަދު ކޮންމެކަމަކާއި ބެހޭގޮތުން ބްލޮގްކޮށްލުމުން ނުވަތަ ޓްވިޓް ކޮށްލުމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ މަޢްލޫމާތުތައް ފެތުރިގެން ދެއެވެ. ވިކިޕީޑިއާ، ވިކިވަރސިޓީ، އަދި ވިކިބޮކްސް ފަދަ ތަޢްލީމީ ޕްރޮޖެކްޓްތަކުން އިންޓަރނެޓް މެދުވެރިކޮށް ތަޢްލީމީ މަޢްލޫމާތުތައް ހޯދެއެވެ.
ކުރީގައި ސައިންސް ލެބްތަކުގައި ބޭނުންކުރެވުނުއައި މުސްކުޅި ދުވަސްވީ ކޮމްޕިއުޓަރ އިންފެށިގެން މިއަދު އަޅުގަނޑުމެންގެ ދަބަހުގައިބާއްވާ އައިޕޮޑް އާއި ހަމައަށްވެސް ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންކުރަމުން އައިގޮތްތައް ބަދަލުވަމުން އަންނަކަން އަންގައިދެއެވެ. އަބަދުވެސް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން އަންގައިދެނީ ކުރިޔަށް އޮތް އަހަރުތަކުގައި މިއަދަށްވުރެވެސް ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކުގެ ބޭނުން އުނގެނުމަށާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭނެކަމެވެ.
     ކްލާސްރޫމް ގައި ބޭނުންކުރެވެމުންދާ ތަފާތު ވައްތަރުގެ ޓެކްނޮލޮޖީތަކަށް ބަލާލަމާ ހިނގާށެވެ.
 -1ކްލާސްރޫމްތަކުގައި ކޮމްޕިއުޓަރ ބޭނުންކުރަންފެށުން. 

  ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮމްޕިއުޓަރ ތަކަށްވެސް އަންނަނީ ބަދަލުވަމުންނެވެ. އެހުންނަ ބައްޓަމާއި އެ މަސައްކަތް ކުރާގޮތްވެސްވަނީ ބަދަލުވެފައެވެ. މިހާރު އަޅުގަނޑުމެން ބޭނުންކުރަނީ ޑެކްސްޓޮޕް ކޮމްޕިއުޓަރާއި އެއްތނުން އނެއްތަނަށް ގެންދެވޭފަދަ ލެޕްޓޮޕް ނުވަތަ ނޯޓްބްކެވެ. އައު ޓެކްނޮލޮޖީތައް އައިސް ކޮމްޕިއުޓަރާއި ގުޅުންހުރި އައިޕެޑް އަދި ގެލެކްސީ ޓެބްލެޓްފަދަ ގެޖެންޓްތައް އުފަންވިއެވެ. މި އެއްޗެހި ބޭނުންކޮށްގެން ޓީޗަރުން ދަރިވަރުންނާއި މަސައްކަތް ޙަވާލިކޮށް ކްލާހުގައި ސްޓެޖީ ގްރާފްތައް ހަދައެވެ. އަދި ޓީޗަރއިންނަށް ކޮމްޕިއުޓަރް ބޭނުންކޮށްގެން ފިލާވަޅާއި ގުޅުންހުރި ކުރެހުންތައް ދަރިވަރުންނަށް ދައްކާ ކުދިންނަށް ފިލާވަޅު ވިސްނައިގަތުމަށް ނުވަތަ ސިކުނޑިއަށް ނަގައިގަތުމަށް ފަސޭހަކޮށްދެވިދާނެއެވެ. ފަހުގެ ކޮމްޕިއުޓަރތަކުގައި އިންސްޓޯލް ކުރެވިފައިހުންނަ އެޕްލިކޭޝަންތަކުގެ ސަބަބުން ކުދިންނަށްކިޔެވުމަށް އެހީ ލިބެއެވެ. މިސާލަކަށް އިންޓަރނެޓް އެކްޕްލޯރާ ބޭނުންކޮށްގެން އިންޓަރނެޓުން އެއްޗެހި ހޯދިދާނެއެވެ. އަދި ވަރޑް ޕްރޮސެސިންގް އެޕްލިކޭޝަން ބޭނުންކޮށްގެން ނޯޓްސް ލިޔެވިދާނެއެވެ. މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެންފިލާވަޅާއި ގުޅުންހުރި މަސައްކަތް ކުދިންލައްވާ މުދައްރިސަށް ކުރެވިދާނެއެވެ.
2 -  ކްލާސް ވެބްސައިޓްތަކާއި ބްލޮގުތައް ހެދުން.
     ވަރޑް ޕްރެސް ނުވަތަ އެނޫންވެސް ކޮންޓެންޓް މެނޭގްމެންޓް ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަދަން އެސައިމެންޓްތައް ޕޯސްޓް ކުރުމަށް މުދައްރިސަށް ކްލާސް ބްލޮގެއް ހެދި ދާނެއެވެ. މި ބްލޮގްތައް ހޯސްޓްކުރުމަށް ސްކޫލްގެފަރާތުން ވެބްސައިޓް ސަރވަރ އެއް ނުހުނަ ނަމަ ވަރޑްޕްރެސް ޑޮޓްކޮމް ނުވަތަ ނުވަތަ ބްލޮގަރ ޑޮޓްކޮ ފަދަ ވެބްސައިޓް ހޯސްޓްކުރާ ސަރވިސްއެއް މުދައްރިސަށް ބޭނުންކުރެދިދާނެއެވެ. މިފަދަ ޕްލެޓްފޯމްތަކުގެ ބޭނުންކޮށްގެން އެހޯސްޓްގެ ދަށުން މުދައްރިސަށް ބްލޮގެއް ހުޅުވިދާނެއެވެ. އޭރުން އެބްލޮގް މެދުވެރިކޮށް ދަރިވަރުންނަށް ކިޔެވުމާއި ގުޅުން ހުރި ހުރިހާ އެސައިމެންޓްތަކެއް ހޯދިދާނެއެވެ. މިފަދަ ބްލޮގްތަކުގައި ޑޭޓާޕޯސްޓްކޮށް މެނޭޖްކުރުމަކީ ވަރަށް ފަސޭހަމަކަމެކެވެ.
3 – ކްލާސްރޫމްގައިޑިޖިޓަލް މައިކްރޯފޯން ބޭނުންކުރުން.
  
   ބޮޑެތި ކްލާސް ކްލާސްރޫމްތަކަކީ އަޑުގަދވާނެ ތަންތަނެވެ. އެހެންކަމުން މުދައްރިސުންނަށް ވަޔަރލެސް ޑިޖިޓަލް މައިކްރޯފޯން ބޭނުންކުރެވިދާނެއެވެ. މައިކްރޯފޯންގެ އަޑު ލޯޑްސްޕީކަރތަކަށް ޓްރާންސްމިޓް ކޮޑްދޭނެއެވެ. އެގޮތުން ދަރިވަރުންނަށް މުދައްރިސްގެއަޑު ސާފުކޮށް އިވޭނެއެވެ. މިގޮތަށް މުދައްރިސުންނަށް ދަރިވަރުންނަށް ފިލާވަޅު އޮޅުންފިލުވައިދޭ އިރު ނުވަތަ ކިޔައިދޭއިރު އަޑަށް ބާރުލާކަށް ނުޖެހޭނެއެވެ. މިފަދަ ޑިޖީޓަލް މައިކްރޯ ފޯނަނަކީ އެހާ އަގުބޮޑު އެއްޗެއް ނޫނެވެ. އެހެން އާދައިގެ ސްކޫލްތަކުގައިވެސް ކޮންމެ ކްލާހެއްގައި މިފަދަ ވަޞީލަތެއްގެ ބޭނުން ކުރެވިދާނެއެވެ. އަދި ދަރިވަރުންނަށްވެސް މުދައްރިސާއި ކްލާހުގައި މުޢާމަލާތު ކޮށް ހެދުމުގައި މީގެ ބޭނުންކުރެވިދާނެއެވެ. އަދި ކުދިން ކްލާހަށް އެއްޗެހި ހުށައަލައި ދިނުމިގައިވެސް މިވަޞީތަލުގެ ބޭނުން އެދެވޭ ގޮތުގައި ބޭނުންހިފިދާނެއެވެ.

4 – މޯބައިލް ޑިވައިސަސް ބޭނުންކުރުން
   
  ކްލާހުގައި ކިޔެވުމާއި ގުޅުން ހުރިކަންތައްތަކުގައި ޓީޗަރ އާއި ދަރިވަރުންނަށް ސްމާޓްފޯން ބޭނުންކުރެވިދާނެއެވެ. ބޯބައިލް ލަރނިންގ މިހާރު އަންނަނީ ވަރަށް މަޝްހޫރުވަމުންނެވެ. އީ ލަރނިންގ ނުވަތަ ލޯންގް ޑިސްޓެންސް ލަރނިން ފަދަ ކަމެކެވެ. އެކަމަކު އެއީ މޯބައިލް ފޯން ބޭނުންކޮށްގެން ކުރެވޭ ކަމެކެވެ. މޯބައިލް ލަރނިންގ އެހާ ފަސޭހަ ކަމަކަށްވަނީ ކޮންމެ ތަނެއްގައި ހުރެވެސް އެގޮތަށް  އޭގެ ބޭނުން ކުރެވިދާނެ ތީއެވެ. މޯބައިލް ފޯން ލުއިވިނަމަވެސް އައިދައިގެ ކޮމްޕިއުޓަރ އެއްގައި ހުންނަ އެޕްލިކޭޝަންތައް އޭގައިވެސް ހުރެއެވެ. އެޑިއުކޭޝަނަލް މޮބައިލް އެޕްލިކޭޝަން އެއް މެދުވެރިކޮށް ދަރިވަރުންނަށް އެސައިމެންޓްފަދަ ތަޢްލީމީ މޮބައިލް ފޯނަކުން ހޯދިދާނެއެވެ. މިފަދަ ކަންތައްތައް ކްލާސްތެރޭގައި ނުވަތަ ކްލާހުން ބޭރުގައިވެސް ކުރެވިދާނެއެވެ.

5 - ސްމާޓް އިންޓަރއެކްޓިވް ވައިޓް ބޯޑް ބޭނުންކުރުން.
    ޒަމާނީ ސްމާޓް ވައިޓް ބޯޑަކީ ޓަޗްސްކްރީން ފަކްޝަނަލައިޒް ހުންނައެއްޗެކެވެ. އެހެންވުމުން މުދައްރިސް ގަލަމެއް ނުވަތަ އިނގިއްޔެއް ބޭނުންކޮށްގެން "ޕޮއިންޓްތައް" އިލަސްޓްރޭޓް" ކުރެވިދާނެއެވެ.ޕްރޮޖެކްޓަރ އެއް ބޭނުންކޮށްގެން ވައިޓްބޯޑުގައި މުދައްރިސުންނަށް ވިޝުއަލް އިމޭޖުދައްކާ ކުދިންނަށް އުނގަންނައި ދިނުމުގައި އެހީތެރިވެވިދާނެއެވެ. ވިޝުއަލް އިމޭޖާއި އެކު ދަރިވަރުން ފަސޭހައިން އެއްޗެހި ދަސްކުރާނެއެވެ. އަދި ދަރިވަރުންނަށް ވައިޓް ބޯޑުގައި ކުރަހާ ކަންތައްވެސް ކުރެވޭނެއެވެ. ސްމާޓް ވައިޓްބޯޑް އެކިސައިޒްގައި ހުރެއެވެ. ރަނަގަޅީ ފުޅާބޯޑެވެ. ސަބަބަކީ އޭގެއިން މަންޒަރު ބޮޑެތިކޮށްދައްކާ ތީއާއި އެއްފަހަރާ ދެދަރިވަރުންނަށްވެސް ބޭނުންކުރެވޭތީއެވެ.

6 – އޮންލައިން މީޑިއާ ބޭނުންކުރުން.
  
  މުދައްރިސުންނާއި އަދި ދަރިވަރުންނަށްވެސް އޮންލައިންގ ސްޓްރީމިންގ މީޑިއާތައް ކްލާހުގައި ބޭނުންކުރެވިދާނެއެވެ. ޕްރޮޖެކްޓަރް އިންޓަރނެޓް އަދި ވައިޓްބޯޑް (ސްމާޓްބޯޑް) ބޭނުންކޮށްގެން "ރިއަލްޓައިމް" މިސާލަކަށް ޔޫޓިއުބުކަހަލަ ސައިޓަކުން މުދައްރިސަށް ކުދިންނަށް ދައްކާ ލެވިދާނެއެވެ. ތަޢްލީމާއި ގުޅުންހުރި ވީޑިއޯތައް މިފަދަ ވެބްސައިޓްގައި ހުރެއެވެ. ޖޯގްރަފީ ކަހަލަ ކްލާހެއްގައި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ މިސާލެއް ނަގަމާ ހިނގާށެވެ. ޔޫޓިއުބު ވީޑިއޯ އެއް ބޭނުންކޮށްގެން ވޮލްކެނިކް އެކްޓިވިޓީތަކާއި އަދި އޭގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ކަންތައްތައް މުދައްރިސަށް ދަރިވަރުންނަށް ކިޔައިދީ އޮޅުން ފިލުވާ ދެވިދާނެއެވެ. މިފަދަ "އިލަސްޓްރޭޝަން" ތަކުން ދަރިވަރުންގެ ސަމާލުކަން ފިލާވަޅަށް އިތުރުވެ އަދި ފިލާވަޅު ދަސްކުރުމަށް ފަސޭހަވެގެން ދެއެވެ.

7 - އޮންލައިން ސްޓަޑީ ޓޫލްސް ބޭނުންކުރުން.
    "ޑައިނަމިކް ޕީރިއޯޑިކް ޓޭބަލަ" ފަދަ އޮންލައިން ޓޫލްސްތަކުގެ ބޭނުންކޮސްގެން ކެމިސްޓްރީ ކިޔަވާކުދިންނަށް އެލިމަންޓްތައް ވަކިކުރެވެއެވެ. " ފޯލްޑްއިޓް" މިޓޫލްގެ ސަބަބުން ބަޔޮލޮޖީ ކިޔަވާ ދަރިވަރުންނަށް ޕްރޮޓީންސް އާއި ބެހޭ ކަންކަން ދަސްކުރުމަށް ފަސޭހަވެއެވެ. " މެތްވޭ" މިއީ ހިސާ ހަދާ ދަރިވަރުންނަށް ހިސާބުގެ ނަމްބަރތައް ހެދުމަށް ފަސޭހަކޮށްދޭ ޓޫލްއެކެވެ. މިފަދަ ތަޢްލީމާއިގުޅޭ ޓޫލްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ތަފާތު ގޮތްތައް ކުރިއެރުވެއެވެ.

ނިންމުން
     މި މަސައްކަތުން އަޅުގަނޑަށް އެނގި ހާމަވެ ގެން ދިޔައީ ޒަމާނީ ކްލާސްރޫމް ޓެކްނޮލޮޖީތަކުގެ ހުރިފައިދާ އާއި އަދި މިކަމުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބޭ ލުއިފަސޭހަކަމެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ލޯތައް އެކިއެކި ކަންކަމަށް ހުޅުވި މުދައްރިސުންނާއި ދަރިވަރުންނަށް ލިބޭ މަޢްލޫމާތު އިތުރަށް މުއްސަނދިވެއެވެ.


Share on Google Plus

14 comments:

  1. ވަރަށް ފުރިހަމަ ލިޔުމެއް. އެކަމަކު ސައިޓް އެޑްމިންނަށް : އާޓިކަލްގެ ތިރީގައި ބްލޮގް އޯތާސްގެ ޕްރޮފައިލްއާ ފޮޓޮއާ ދިމައެއް ނުވޭ. ޓެކިނިކަލް އެރައެއް.
    ވަރަށް ވަރަށް ރީތި ބްލޮގެއް.

    ReplyDelete
  2. ލިޔުން ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވޭ. މި ލިޔުމުން ވަރަށް ގިނަ މަޢުލުމާތު ލިބިގެން ހިނގައްޖެ.

    ReplyDelete
  3. ލިޔުން ވަރަށް ރަނގަޅު ކަމަށް ފާހަގަ ކުރެވޭ. މި ލިޔުމުން ވަރަށް ގިނަ މަޢުލުމާތު ލިބިގެން ހިނގައްޖެ.

    ReplyDelete
  4. ވާއު...... ވަރަށް ފުރިހަމަ....ވަރަށް ފުރިހަމަ. މިހާރު ކުލާސް ރޫމުގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދޭން ވަރަށް ރަނގަޅަށްވެސް ދަސްވެއްޖެ.

    ReplyDelete
  5. Varah ves furihama liyumeh.
    saabas dhontha

    ReplyDelete
  6. ލިޔުން ވަރަށް ރަނގަޅު..ވަރަށް ގިނަ މައުލޫމާތު ލިބިގެން ހިގައްޖެ.. މިކަހަލަ ލިޔުންތައް ގިނަގިނައިން ގެނެސް ދިނުމަށް އެދެން..

    ReplyDelete
  7. ބޭނުންތެރި މައުލޫމަތުތަކެއް ހިމަނާފައިވާ ލިޔުމެއްކަން ފާހަގަކުރެވޭ. މިގޮތުން ކުލާސްރޫމް ޓެކްނޮލޮޖީއާއި އޭގެ ބާވަތްތައް ހިމަނާފައިވާކަން ފާހަގަކުރެވޭ.

    ReplyDelete
  8. މުދައްރިސުންނަށް ވަރަށް މުހިންމު އެހާމެ ބޭނުންތެރި ލިއުމެއްކަމަށް ފެނޭ، ލިއުންތެރިކަމުގެ ބަސްމަގު ވަރަށް ފުރިހަމަ، އަދި މަޢުލޫމާތުތައް އަތުރާލާފައި ހުރިއިރު ކިޔާލަން ފަސޭހަ އަދި އޮއްޓަރުގެ ގޮތުން ވަރަށް ތަނަވަސް ކަމަށް ފެނޭ

    ReplyDelete
  9. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  10. ވަރަށް ރަނގަޅު އާޓިކަލްއެއް. މިމަޢުލޫއިން ވަރަށް ފުރިހަމައަށް ލިޔެފައިވާ ލިޔުމެއް/

    ReplyDelete
  11. ޚަލީލާގެ މިއާތިކަލް ވ ކިޔާލާހިތުން ކިޔާލީ.. ލިޔުންތެރިޔާގެ ފޮޓޯތޯ އެއީ

    ReplyDelete
  12. kiyaalumun hama heevanee khaleelaage molhu vaahakaeh adu ahaalaneehen!

    ReplyDelete
  13. furihama masahkatheh
    gina mauloomaath thakeh libigen hingahje

    ReplyDelete
  14. ރަނގަޅަށް މެކަނައިޒްކޮށްފައިވާ ފުރިހަމަ ލިޔުމެއް

    ReplyDelete

.