Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

ލާނިންގ މެނޭޖުމެންޓް ސިސްޓަމް

ލާނިން މެނޭޖުމަންޓް ސިސްޓަމް އަކީ ކިޔެވުމުގެ ތަފާތު ހާއްސަ ގޮތްތަކެއް ކުރިއަށް ގެންދިޔުމުގެ ގޮތުން އިންޓަނެޓްގެ އެހީގައި ކުރިއަށް ގެންދާ ޓެކްނޮލޮޖީގެ ބާވަތެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ތެކްނޮލޮޖީގެ އެހީގައި ކިޔަވައި ދިނުމަށް ބޭނުން ކުރާ ސޮފްޓުވެއަރ އެކެވެ. މިއަށް އީލާނިންގ އޭ ވެސް ކިޔައެވެ. މީގެ އެހީގައި ކިޔަވައިދޭ މުދައްރިސުން ނުވަތަ އެހެނިހެން ފަރާތްތަކަށް ކިޔަވައި ދިނުމުގެ އެކި ބާވަތް ތަކާއި، ކުދިންގެ ބައިވެރިވުން ހުންނަވަރު ދެނެގަތުމުގެ އިތުރުން އެކުދިންގެ ހަރަކާތްތައް ހުންނަ ގޮތްތައް އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން މި ތެކުނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އެކަކު އަނެކަކާ މުޢާމަލާތް ކުރާނެ ތަފާތު ގޮތްތައް އެނގިގެން ދެއެވެ. އޭގެ ތެރޭގައި ވީޑިއޯ ކޮންފަރެންސިންގ އާއި ދިސްކަޝަން ފޯރަމްތައް ހިމެނެއެވެ. ކޮލެޖް، ޔުނިވަރސިޓީ އަދި ސުކޫލް ތަކުގައި ކޯސްތައް ކުރިޔަށް ގެންދިޔުމަށްޓަކައި މި ސިސްޓަމް ބޭނުންކުރަމުން ދެއެވެ.
އެންމެ ފުރަތަމަ ކޮމްޕިއުޓަރ ބޭނުން ކޮށްގެން ކިޔަވަަިއިދިނުމަށް ކިޔަނީ ކޮމްޕިއުޓަރ ބޭސްޑް އިންސްޓްރަކްޝަން، ކޮމްޕިއުޓަރ އެސިސްޓެޑް އިންސްޓްރަކްޝަން ފަދަ ނަންތަކެކެވެ. ކުރީގައި ލާނިންގ މެނޭޖްމަންޓް ސިސްޓަމްގެ ބަދަލުގައި ބޭނުން ކުރަނީ އިނޓެގްރޭޓެޑް ލާނިންގ ސިސްޓަމް އެވެ. މީގައި ޓީޗަރު ކިޔަވައިދޭ އެއްޗެހީގެ އިތުރުން އެހެނިހެން ކަަންތައްތައްވެސް ކުދިންނަށް އެނގިގެން ދެއެވެ. އޭގެ ތެރޭގައި މެނޭޖުމެންޓް އަދި ޓްރެކިން ހިމެނެއެވެ. މިހާރު ލާނިންގ މެނޭޖމަންޓް ބޭނުންކުރަނީ ކިޔަވައި ދިނުމުގެ ދާއއިރަގައި ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތައް ސިފަ ކޮށްދިނުމުގެ ގޮތުންނެވެ.
ފީޗާސް
މި ސިސްޓަމްގެ ތަފާތު ފީޗާސް ތެރޭގައި މި ޕްރޮސެސް ނުވަތަ މި ބާވަތުގެ ކިޔަވައިދިނުންތައް ކުރިޔަށް ގެންދަނީ އާންމު ކުލާސްރޫމް ތަކުގައި ނުވަތަ ވަރޗުއަލް ކުލާސްރޫމް ތަކެއްގައެވެ. އަދި މީގެ އެހީގައި ކުރިއަށް ގެންދާ ކޯސް ތަކަކީ ހުރިހާ ތާކުންވެސް ބަލައިގަންނަ ފެނަވަރުގެ ކޯސްތަކެކެވެ. މި ކޯސްތަކުގެ ގަޑި ތަކަކީ ވަކި ޙާއްސަ ދުވަސްތަކެއްގައި ކުރިޔަށްދާ ގަޑި ތަކެކެވެ. އަދި އެއްގަޑިއެއް އެމީހަކު ބޭނުނަ ނަމަ ދުވާލަކު ނުވަތަ ހަފްތާއަކު އެތަށް ފަހަރަކު ކުރިޔަށް ގެންދެވިދާނެއެވެ.

ޓައިޕްސް
ލާނިންގ މެނޭޖްމަންޓްގެ ވަރަށް ބައިވަރު ވައްތަރުތައް ހުރެއެވެ. މި ހުރިހާ ވައްތަރެއްވެސް ބޭނުންވާ މަޢުލޫމާތު ފޯރުކުރުމަށް ބޭނުންކުރަނީ އީލާނިންގއެވެ. އެހެން ކަމުން މި ހުރިހާ ވައްތަރެއްގެވެސް މަޤްޞަދު އެއްގޮތެވެ. ނަމަވެސް  މިއިން ވައްތަރެއް ހިޔާރު ކުރުމުގެ ކުރިން އެ އެއްޗަކުން ކުދިން ތަމްރީނު ކުރަން ބޭނުންވާ ތަކެތިނުވަތަ މަޢުލޫމާތު ފޯރުކޮށްދޭނެ ގޮތްތަށް ބެލުން މުހިންމެވެ. މިސާލަކަށް ކުދިންނަށް ބޭނުންވާ މަޢުލޫމާތު ލިބެނީ ފްރީ ސޮފްޓްވެއަރ އަކުންތޯ ނުވަތަ ކޮމާޝިއަލް ޕްލެޓްފޯމް އަކުންތޯ ބަލަންޖެހެއެވެ. ފްރީކޮށް ނަމަ އެއީ ފައިދާ ބޮޑު ގޮތެއްކަމުގައި ބެލެވެއެވެ. އެއީހުރިހާ ކުދިންނަށްވެސް ހިލޭ އޭގެ ބޭނުން ކުރެވޭތީއެވެ. ކޮމާޝިއަލް ނަމަ ފައިސާ ދައްކަން ޖެހެއެވެ. މަޢުލޫމާތު ފޯރުކުރުމަށް އަދިވެސް މި ކަހަލަ ތަފާތު ގޮތްތަށް ބޭނުުން ކުރެއެވެ.
ފައިދާތައް
މިއީ ތަފާތު ގިނަ ފައިދާތަކެއް ލިބިގެންދާނެ ޓެކްނޮލޮޖީގެ ބާވެތެކެވެ. އެގޮތުން މި ސިސްޓަމްގެ އެހީގައި އެއަވަގުތެއްގައި އެއްތަނެއްގައި އެކަކަށް ތަފާތު ދެ ހަރަކާތެއް ކުރިޔަށް ގެންދެވިދާނެއެވެ. އަދި ކޯހުގެ ކިޔެވުން ކުރިޔަށްދާ ގަޑިތައް އެ ދަރިވަރަކު ނުވަތަ އެ ކިޔަވައިދޭ މީހަކު ބޭނުންވާ ދުވަހެއްގެ ބޭނުން ވަގުތަކަށް ހަމަޖެއްސުމުގެ ފުރުޞަތު ދެމީހުންނަށްވެސް ލިބިގެންދެއެވެ. މި ގަޑިތައް ކުރިޔށްދާނެ ގޮތްތައް ދަރިވަރުންނަށާއި، ކިޔަވައިދޭ މީހުންނަށް އަދި އިދާރީ ކަންކަމުގައި އުޅޭ ފަރާތްތަކަށް އެނގޭނެއެވެ. ކިޔެވުން އޮންނަ ގަޑިތަކަށް ކުޑަވެސް ބަދަލެއް އައިސްފި ކަމުގައި ވާނަމަ ދަރިވަރުނަނަށްއެކަން ވަގުތުން އެނގިގެން ދެއެވެ. މީގެ އިތުރުން މިޢި އިންޓަނެޓްގެ އެހީގައި ކުރިއަށްދާ ބާވަތެއް ކަމުން، ކިޔަވައިދޭމީހާ ބޭނުންވާ ކޮންމެ އެއްޗެއް ފަސޭހަ ކަމާއިއެކު އޭނާގެ ކިޔަވައި ދިނުމުގައި ބޭނުން ކުރެވެއެވެ. އެއީ ވީޑިއޯއެއް ނުވަތަ ދޮކިއުމެންޓެއް ކަމުގައި ވީނަމަވެސް ހުރިހާ ކުދިންނަށްވެސް އެ ތަކެތި ފެންނަ ގޮތަށް ކިޔަވައިދިނުން ކުރިޔަށް ގެންދެވެއެވެ. އަދި ހަމަ އެފަދައިން  މި ސިސްޓަމްގެ އެހީގައި ކިޔަވައިދޭ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު ކުދިންގެ ހާޒިރީ ބަލާލެވެއެވެ. އާންމުގޮތެއްގައި އެއީ ފޯނު ނުވަތަ އެހެންވެަސް އެފަދަ އެއްޗެއްގެ އެހީގައެވެ. މި ސިސްޓަމްގެ އެހީގައި ދަރިވަރުންނަށް އިމެއިލް ބޭނުން ކޮށްގެން މުޢާމަލާތް ކުރާނެ ގޮތް އެނގިގެން ދެއެވެ. އެއީ ކޯހިގެ ތަފާތު މަޢުލޫމާތު ކުދިންނާއި ހިއްސާ ކުރެވެނީ އީމެއިލްގެ ޒަރިއްޔާ އިން ކަމުގަ ވާތީއެވެ.
 އިތުރު ފައިދާ ތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު ގިނަ މުއްދަތެއްވަނދެން މި ސިސްޓަމްގެ ބޭނުން ކުރެވުމާއި، ތަފާތު ގޮތްތަކަށް ކިޔަވައި ދިނުމުގެ ފުރުޞަތު ކިޔަވައިދޭ މީހާއަށް ލިބިގެންވެއެވެ. އޭގެތެރޭގައި ކިޔަވައިދޭއިރު ބޭނުންކުރާ ޓީޗިން އެއިޑްސް ހަދާއިރު ތަފާތު ގޮތްތައް ބޭނުން ކުރުން އަދި ކުދިންގެ ފެންވަރު ބަލާނެ ތަފާތު ގޮތްތައް މި ސިސްޓަމް އިން ލިބިގެންެދެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް މި ސިސްޓަމްގެ ޒަރިއްޔާއިން ކިޔަވަިދިނުމުގެ ސަބަބުން މި ސޮފްޓްވެއަރ ގަނެގެން އުޅޭެ ފަރާތަތަކަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. މި ހުރިހާ ކަމެއްގެ ނަތީޖާ އެއްގެ ގޮތުން ލާނިން މެނޭޖްމަންޓް ބޭނުންކުރުމުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތްތެރިކަން އިތުރަށް ތަރައްޤީ ވެގެން ދެއެވެ. އެހެންކަމުން މި ކުންފުނިތަކަށް މާކެޓުގެ ގިނަ ބައެއްގެ އިތުބާރު ލިބި ފައިދާވެގެންދެއެވެ.
ގެއްލުންތައް
ލާނިންގ މެނޭޖްމަންޓް ސިސްޓަމްގެ ނުވަތަ މި ސޮފްޓްވެއަރގެ ބައެއް ގެއްލުންތަކުގެ ތެރޭގައި މި ސޮފްޓްވެއަރ ބެނުންކުރާއިރު މި އާއި ގުޅޭ އެހެނިހެން ތަކެތި ބޭނުންކުރަން ޖެހެއެވެ. މި ބޭނުން ކުރެވޭ ތަކެއްޗަކީ ދަރިވަރުންނަށް މުޅިން އާ އެއްޗެއްސައް ވެގެން ހިނގައިދާނެއެވެ. އެހެނަ ކަމުން ޓީޗަރުންނަށް ޖެހޭނީ ފުރަތަމަ މި ތަކެތި ބޭނުންކުރާނެ ގޮތްތައް ދަރިވަރުންނަށް ކިޔައިދޭށެވެ. މިއީ ބްއެއް ފަަހަރު ވަގުތު ބޭނުންވާނެ ކަންކަމެވެ. ހަމަ މިއާއިއެކު މި ސޮފްޓްވެއަރ އާއިއެކު ބޭނުންކުރާ ބައެއް އެޕްލިކޭޝަންސް ތަކަކީ އެއަށް ފައިސާ ހަރަދުވާ އެއްޗެއްސެވެ. އެނުން އެޕްލިކޭޝަންސް ގިނަ ފަހަރަށް ހުންނަނީ ހަމަ ހިލޭ ބޭނުންކުރެވޭ ގޮތަށެވެ.
މަޤްޞަދު
ލާނިންގ މެނޭޖްމަންޓް ސިސްޓަމް އާއި ކޮމްޕިއުޓަރގެ އެހީގައި ކިޔަވާ އެހެނިހެން ސޮފްޓްވެއަރސް ތަކާއި ހުރި ތަފާތު ދެނެގަނެވޭނީ ލާނިންގ މަނޭޖްމަންޓްގެ އަސްލު ވަރަށް ރަނގަޅަށް އެނގިގެންނެވެ. އެގޮތުން ލާނިންގ މެނޭޖްމަންޓް ސިސްޓަމް އަކީ ކިޔެވުމުގެ ހުރިހާ ރޮނގެއްގައިވެސް ބޭނުން ކުރެވޭ ޕްރޮސެސް އެކެވެ. އަދި ތަޢުލީމީ ދާއިރާގެ ގިނަ މުއައްސަސާތައް ލާނިންގ މެނޭޖްމަންޓް ސިސްޓަމް ބޭނުން ކުރަނީ ކުލާސްރޫމްތަަކުގައި ކިޔަވައިދޭ އެއްޗެހީގެ ފެންވަރުރަނގަޅު ކުރުމަށާއި ކުލާސްރޫމްތަކުގައި ކިޔަވައި ދިނުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި މިފަދަ ކޯސްތަކުން ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
މުސްތަޤުބަލްގައި ލާނިންމެނޭޖްމަންޓް ސިސްޓަމް
މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އާބާދީ އިތުރު ވަމުންދިޔުމުގެ ސަބަބުން އީލާނިންގ ވެގެންދާނީ ގިނައަދަދެއްގެ ބަޔަކު ބޭނުންވާނެ އެއްޗަކަށެވެ. އެހެންކަމުން ލާނިންސ މެނޭޖްމަންޓް ސިސްޓަމް މި ސޮފްޓްވެއަރ ބޭނުންކުރާ މިންވަރު މުސްތަޤުބަލުގައި އިތުރުވެގެންދާނެ ކަމާމެދު ޝައްކެއްނެތެވެ. ހަމަ މިއާއިއެކު އިންޓަރނެޓުގެ ޒަރިއްޔާއިން ހިންގާ ކޯސްތައް އިތުރުވެ ކިޔެވުމުގެ އާ ގޮތްތަކެއްހޯދައި ޓެކްނޮލޮޖީގެ ގޮތުން މޮޅުކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ނިންމުން
މި ލިޔުމަކީ ލާނިންގ މެނޭޖްމަންޓް ސިސްޓަމް އާއިބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ލާނިންގ މެނޭޖަމަންޓް ސިސްޓަމްގެ ތަޢާރަފެއް އަދި ފީޗާސް ހިމެނެއެވެ. މީގެ އިތުރުން މި ސޮފްޓްވެއަރގެ މައިގަނޑު މަޤުޞަދާއި ވައްތަރުތައް އަދި  މިއިން ލިބޭ ބައެއް ފައިދާއާއި ގެއްލުން ހިމަނާލީމެވެ. އަދި ހަމަ މިއާއިއެކު މި ސޮފްޓްވެއަރގެ މުސްތަޤުބަލާއި ބެހޭ ކުޑަ މަޢުލޫމާތު ކޮޅެއްވެސް ހިމެނިފަވާނެއެވެ. މި ލިޔުމުން ލާނިންގ މެނޭޖްމަންޓް ސިސްޓަމް އަކީ ވަރަަށް ބޭނުންތެރި އެއްޗެއްކަން ހާމަވެގެން ގޮސްފިއެވެ.

ރިފަރެންސް
http://searchcio.techtarget.com/definition/learning-management-system
https://www.absorblms.com/blog/2013/06/20/the-most-important-learning-management-system-features-to-support-instructor-led-courses/
https://en.m.wikipedia.org/wiki/Learning_management_system
https://www.mindflash.com/lms


Share on Google Plus

9 comments:

  1. މައުލޫމާތު ވަރަށް މުއްސަނދި . ލިޔުންގަނޑު ތެރެއަށް ރިފަރެންސް ލީނަމަ ވަރަށް ރަގަޅުވާނެ . ބްލޮގް ވަރަށްރީތި

    ReplyDelete
  2. ހަމީދުބޭގެ ލިޔުމަށް ތަޢުރީފު ޙައްޤު. ވަރަށް ރަނގަޅަށް މަޢުލޫމާތު ފޯރުކޮށްދެވިފައިވޭ

    ReplyDelete
  3. mauloomaathu mussan'dhi liyumeh ! Taviyani alhanvaa faharu faharu T ah shiftu kohlan han'dhaan nethifai dhoitho?

    ReplyDelete
  4. ماشاءالله! ވ.ރަނގަޅު މަސައްކަތެއް!މައުޟޫޢަށް ވަރަށް ފުންކޮށް ބައްލަވާލައްވާފައިވޭ، އަދި ލޭއައުޓްވެސް ވަރަށް ފުރިހަމަ އަދި އެހާމެރީތި! ކިޔަވާކުދިންނަށް މުހިއްމު މަޢުލޫމާތުތަކެއް ލިބޭނެ ލިޔުމެއްކަމަށް ޤަބޫލުކުރެވޭ، مرحبا!

    ReplyDelete
  5. gina mauloomaath thakeh libigen hingahje
    blog vex vr nala

    ReplyDelete
  6. މިލިޔުމުގައި ލާނިންގ މެނޭޖުމަންޓަކީ ކޮބާކަމާއި، އޭގެ ފީޗާސްތަކާއި، ފައިދާއާއި ގެއްލުން ވަރަށް ރަނގަޅަށް ހިމަނާލާފައިވެއެވެ.

    ReplyDelete
  7. ވަރަށް ފުރިހަމަ ލިޔުމެއް މައުލޫމާތުގެ ފެންވަރު ވަރަށް ރަނގަޅު ވަރަށް ރަނގަޅު ޕޮއިންޓްތަކެއް ފާހަގަކޯށް ފައި އެބަހުރި . އޯވަރޯލް ކޮށް ބްލޮގުގެ ހުރިހާކަމެއް ވެސް ވަރަށް ފުރިހަމަ.

    ReplyDelete
  8. ވަރަށް ފުރިހަމަ ލިޔުމެއް މައުލޫމާތުގެ ފެންވަރު ވަރަށް ރަނގަޅު ވަރަށް ރަނގަޅު ޕޮއިންޓްތަކެއް ފާހަގަކޯށް ފައި އެބަހުރި . އޯވަރޯލް ކޮށް ބްލޮގުގެ ހުރިހާކަމެއް ވެސް ވަރަށް ފުރިހަމަ.

    ReplyDelete
  9. ގުޅޭ ފޮޓޯ ހިމަނާލިނަމަ އިތުރަށް ފުރިހަމަ ވީސް

    ReplyDelete

.