Group K

hulhudhaan.blogspot.com.

Designed by Ahmed Hashim

Template : ThemeXpose

++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

hulhudhaan.blogspot.com. Powered by Blogger.

މި ބްލޮގަކީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީގައި ހިންގާ ކޯހެއްކަމުގައިވާ ޕޯސްޓް ގުރެޖުއޭޓް ޑިޕްލަމާއިން ޓީޗިން ކޯހުގައި ކިޔަވާ ދަރިވަރުން، "އެޑިއުކޭޝަނަލް ޓެކްނޮލޮޖީ" މިމާއްދާއިން ތައްޔާރު ކުރުމަށް ހަވާލުކުރެވުނު އެސައިންމަންޓެކެވެ. މިއީ، ގުރޫޕް (k) ގެ އެސައިންމެންޓެވެ.

++++++++++++++++++++++++++++++++++++++++++++++++++++++++

ބޭނުންތެރި އެޕްލިކޭޝަންތަކެއް


ޒަމާންކުރިއަރާ ތަރައްޤީވެގެން އައިސް މިއަދު މިއޮތީ ޖީބުގައި އޮންނަ މޮބައިލް ފޯނުން ތިމާކުރަން ބޭނުން ހުރިހާ ކަމެއް ކުރެވޭނެ މަގު ތަނަވަސްވެފައެވެ. ކޮމްޕިއުޓަރުގެ ދުނިޔެ އިންސާނުންނާއި ހަމައަށް އައުމަށްފަހު ދުވަހަކަށް ފަހު ދުވަހެއް ޓެކްނޮލޮޖީގައި ތަރަށްޤީވަމުން އައިސް ހަމައެކަނި އިނގިލިކުރިން ކޮށްޓާލައިގެން ކަންކަން ކުރެވޭ ޒަމާނަށް ކުރިއަރާފައެވެ.

    ކޮމްޕިއުޓަރުގެ ސޮފްޓްވެއާތަކުގެ އިތުރަށް މޮބައިލް އެޕްލިކޭޝަންތައް މިހާރުވަނީ
ތަޢާރަފްވެފައެވެ. ވުމާއެކު މި ލިޔުމުގައި މިބަލާލަނީ، މިފަދަ ބައެއް އެޕްލިކޭޝަންތަކުގެ ތެރެއިން މުދައްރިސުންނަށް ފައިދާކުރާނެ ބައެއް އެޕްލިކޭޝަންތަކަށެވެ.

މިއީ، ކުލާސްތެރޭގައި ވަކި ވަރަކަށް ވުރެ އަޑުގަދަވުމުން ފޯނުން އެލާމު އަޅާ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މިއެޕްލިކޭޝަންގައި ބޭނުން ވަރަކަށް އަޑު ބެހެއްޓެން ހުރެއެވެ. ކަނޑައަޅާ އަޑަކަށްވުރެ އަޑު ގަދަވުމުން އެލާމް އަޅާގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. އަޅާ އެލާމުގައި ބުނާނީ "ކުއައިޓް ޕްލީސް" މިހެންނެވެ.



މި އެޕްލިކޭޝަންއަކީ ހާއްސަކޮށް ޓީޗަރުންނަށް ތައްޔާރުކުރެވިފައިވާ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަން ބޭނުންކޮށްގެން ޓީޗަރުންނަށް މުހިންމު ނޯޓިސްތަކާއި އަންގަންޖެހޭ އެންގުންތައް ބެލެނިވެރިންނަށާއި ދަރިވަރުންނަށް ފޯރުކޮށްދެވޭނެއެވެ. މި އެޕްލިކޭޝަންގެ ފައިދާއަކީ ޓީޗަރުގެ ފޯނުނަންބަރު ފަދަ ޕާސަނަލް މައުލޫމާތުތައް ދަރިވަރުންނާއި ބެލެނިވެރިންނަށް ހިއްސާ ނުކޮށް މުއާމަލާތް ކުރެވޭނެގޮތް މަގުފަހިވެގެން ދިއުމެވެ.



ކްލާސްޑޯޖޯ އަކީ، ދަރިވަރުންގެ އަޚްލާޤު ވަކި މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީވެދޭ އެޕްލިކޭޝަންއެކެވެ. މި އެޕްލިކޭޝަންގެ އެހީގައި ދަރިވަރުންގެ އަމަލުތައް ރިކޯޑްކޮށް ޑާޓާ އުފައްދައެވެ. މި ޑާޓަ ޓީޗަރުންނަށް އެކިއެކި ކަންކަމުގައި ބޭނުންކުރެވޭނެއެވެ.


ޓީޗަރސް އެސިސްޓެންޓް ޕްރޯ 2

މިއީ ދަރިވަރުންގެ އެޓެންޑެންސް އިތުރުން އަޚްލާގަށް އަންނަ ބަދަލުތަކާއި ދަރިވަރާއި ގުޅުންހުރި ބައެއް މައުލޫމާތުތައް ރައްކާ ކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަންއެކެވެ. މިގޮތުން ދަރިވަރުގެ ކިބައިގައި ހުންނަ ޚާއްޞަ ސިފަތަކާއި އެލާޖީފަދަ މައުލޫމާތުތައް ރައްކާކުރެވެއެވެ.


މި އެޕްލިކޭޝަން އެޅުމުން އައިޕެޑް ޑިޖިޓަލް ވައިޓް ބޯޑަކަށް ބަދަލުވެއެވެ. ބޭނުންނަމަ އޯޑިއޯ އަދި އިތުރު ކުރެހުންތައްވެސް ބޭނުންކުރެވިދާނެއެވެ.

މިއީ، ކޮންމެ ދާއިރާއަކުންވެސް ދުނިޔޭގައި އެވަގުތަކު އެންމެ ކުރިއަރާފައި ތިބި މީހުންގެ ވާހަކަތައް އަޑުއެހުމަށް އެހީވެދޭ އެޕްލިކޭޝަނެކެވެ.


މިއީ ދަރިވަރުންނާއި މުދައްރިސުން ބައްދަލު ކުރެވޭނެ ގޮތް މަގުފަހިކޮށްދޭ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަންގެ އެހީގައި ކިޔެވުމަށް ބޭނުންކުރެވޭ ރިސޯސަސްތައް ހިއްސާކުރެވޭނެއެވެ. މައިންޑް މެޕް، ފްލެޝް ކާޑު، ސުވާލުފަދަ ތަކެތިވެސް ހިއްސާ ކުރެވޭނެއެވެ. މީގެ އިތުރުން ގްރޫޕް ޕްރޮޖެކްޓްތައް ބާއްވާ، ޑިސްކަޝަންތަކާއި ބަހުސަތައް ބޭއްވޭނެއެވެ.


ރިޕޯޓް ފޮތުގައި ލިޔާ މައުލޫމާތުތައް މި ސޮފްޓްވެއަރގެ އެހީގައި ރައްކާކުރެވޭނެއެވެ. އެސައިންމަންޓް ހަވާލުކުރާކުދިންނާއި މާކުސް ރައްކާކުރެވޭނެއެވެ. އަދި އެދަރިވަރުން ކުރިއަރާވަރު އީމެއިލްގެ އެހީގައި ލިބޭނެއެވެ.


މިއީ ޖާވާ ސްކުރިޕްޓާއި އެޗްޓީއެމްއެލްގެ ހުނަރު ނެތްކަމުގައި ވިޔަސް ތަފާތު ވައްތަރުގެ ސުވާލު ތައްޔާރުކުރުމަށްއެހީވެދޭ ސްފްޓްވެއަރއެކެވެ. މިގޮތުން އެމްސީ ކިއު އަދި އެފަދަ ތަފާތު ވައްތަރުގެ ސުވާލު ތައްޔާރުކުރެވެއެވެ.

މިއީ ކިޔަވައިދޭ ފިލާވަޅާއި ގުޅިގެން ތައްޔާރުކުރެވިފައިވާ އެކިއެކި ކުޅިވާރުތައް ނުވަތަ ގޭމްތައް ހިމެނޭ ސޮފްޓްވެއަރއެކެވެ. މި ސޮފްޓްވެއަރގައި ބޭނުންވާ ބަސްކޮށާރަކާއި، ބޭނުންވާ ދާއިރާއެއް އިހްތިޔާރުކުރެވެން ހުރެއެވެ.

އޮންލައިންކޮށް ޓެސްޓް ދެވޭގޮތަށް ތައްޔާރުކޮށްފައިވާ މި ސޮފްޓްވެއަރއަކީ ދަރިވަރުންނަށް އޮންލައިން ޕޭޕަރެއްގެ ގޮތުގައި ޓެސްޓްދެވޭ ސޮފްޓްވެއަރއެކެވެ. އަދި ދަރިވަރުން ހަދާ ޓެސްޓްގެ ނަތީޖާ ސީދާ ޓީޗަރަށާއި ދަރިވަރަށް މި ސޮފްޓް ވެއަރގެ އެހީގައި ލިބެއެވެ.


މި ހިމަނާލެވުނު އެޕްލިކޭޝަންތަކަކީ މުދައްރިސުންނަށް ނުހަނު ފައިދާކުރާނެ އެޕްލިކޭޝަންތަކެއްކަމުގައި އަޅުގަނޑު އުންމީދުކުރަމެވެ. މި އެޕްލިކޭޝަންތަކުގެ ބޭނުން އަދި މިފަދަ އެހެން އެޕްލިކޭޝަންތަކުގެ ބޭނުން ހެޔޮގޮތުގައި ހިފާ، ޒަމާނާ އެއްވަރަށް މުދަށްރިސުން ޓެކްނޮލޮޖީއަށް އަހުލުވެރިވުމަށް ނަޞޭހަތްތެރިވަމެވެ.

އޮންލައިންކޮށް ކިޔެވެން ހުރޭތަ؟

     
ދުނިޔެ ތަރައްޤީވެ ކުރިއަރަމުންއައިސް ދުނިޔެ މިވަނީ ވަށް ކުނބުރަކަށްވެފައެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ގައުމެއްގައި ހުރި މީހަކާއި ވާހަކަދެއްކޭނެ، އެކީގައި އުޅެވޭނެ މަގުމިވަނީ ތަނަވަސްވެފައެވެ. ހަމަ އެއާއެކު ތަޢުލީމީ ދާއިރާއަށް ވެސް މިވަނީ މި ބަދަލުތައް އައިސްފައެވެ.

ލާނިންގ މެނޭޖުމެންޓް ސިސްޓަމް

ލާނިން މެނޭޖުމަންޓް ސިސްޓަމް އަކީ ކިޔެވުމުގެ ތަފާތު ހާއްސަ ގޮތްތަކެއް ކުރިއަށް ގެންދިޔުމުގެ ގޮތުން އިންޓަނެޓްގެ އެހީގައި ކުރިއަށް ގެންދާ ޓެކްނޮލޮޖީގެ ބާވަތެކެވެ. އެހެން ގޮތަކަށް ބުނާނަމަ މިއީ ތެކްނޮލޮޖީގެ އެހީގައި ކިޔަވައި ދިނުމަށް ބޭނުން ކުރާ ސޮފްޓުވެއަރ އެކެވެ. މިއަށް އީލާނިންގ އޭ ވެސް ކިޔައެވެ. މީގެ އެހީގައި ކިޔަވައިދޭ މުދައްރިސުން ނުވަތަ އެހެނިހެން ފަރާތްތަކަށް ކިޔަވައި ދިނުމުގެ އެކި ބާވަތް ތަކާއި، ކުދިންގެ ބައިވެރިވުން ހުންނަވަރު ދެނެގަތުމުގެ އިތުރުން އެކުދިންގެ ހަރަކާތްތައް ހުންނަ ގޮތްތައް އެނގިގެން ދެއެވެ. އަދި ހަމަ އެފަދައިން މި ތެކުނޮލޮޖީގެ އެހީގައި ދަރިވަރުންނަށް އެކަކު އަނެކަކާ މުޢާމަލާތް ކުރާނެ ތަފާތު ގޮތްތައް އެނގިގެން ދެއެވެ. އޭގެ ތެރޭގައި ވީޑިއޯ ކޮންފަރެންސިންގ އާއި ދިސްކަޝަން ފޯރަމްތައް ހިމެނެއެވެ. ކޮލެޖް، ޔުނިވަރސިޓީ އަދި ސުކޫލް ތަކުގައި ކޯސްތައް ކުރިޔަށް ގެންދިޔުމަށްޓަކައި މި ސިސްޓަމް ބޭނުންކުރަމުން ދެއެވެ.
އެންމެ ފުރަތަމަ ކޮމްޕިއުޓަރ ބޭނުން ކޮށްގެން ކިޔަވަަިއިދިނުމަށް ކިޔަނީ ކޮމްޕިއުޓަރ ބޭސްޑް އިންސްޓްރަކްޝަން، ކޮމްޕިއުޓަރ އެސިސްޓެޑް އިންސްޓްރަކްޝަން ފަދަ ނަންތަކެކެވެ. ކުރީގައި ލާނިންގ މެނޭޖްމަންޓް ސިސްޓަމްގެ ބަދަލުގައި ބޭނުން ކުރަނީ އިނޓެގްރޭޓެޑް ލާނިންގ ސިސްޓަމް އެވެ. މީގައި ޓީޗަރު ކިޔަވައިދޭ އެއްޗެހީގެ އިތުރުން އެހެނިހެން ކަަންތައްތައްވެސް ކުދިންނަށް އެނގިގެން ދެއެވެ. އޭގެ ތެރޭގައި މެނޭޖުމެންޓް އަދި ޓްރެކިން ހިމެނެއެވެ. މިހާރު ލާނިންގ މެނޭޖމަންޓް ބޭނުންކުރަނީ ކިޔަވައި ދިނުމުގެ ދާއއިރަގައި ބޭނުންކުރާ ތަފާތު އެޕްލިކޭޝަންތައް ސިފަ ކޮށްދިނުމުގެ ގޮތުންނެވެ.
ފީޗާސް
މި ސިސްޓަމްގެ ތަފާތު ފީޗާސް ތެރޭގައި މި ޕްރޮސެސް ނުވަތަ މި ބާވަތުގެ ކިޔަވައިދިނުންތައް ކުރިޔަށް ގެންދަނީ އާންމު ކުލާސްރޫމް ތަކުގައި ނުވަތަ ވަރޗުއަލް ކުލާސްރޫމް ތަކެއްގައެވެ. އަދި މީގެ އެހީގައި ކުރިއަށް ގެންދާ ކޯސް ތަކަކީ ހުރިހާ ތާކުންވެސް ބަލައިގަންނަ ފެނަވަރުގެ ކޯސްތަކެކެވެ. މި ކޯސްތަކުގެ ގަޑި ތަކަކީ ވަކި ޙާއްސަ ދުވަސްތަކެއްގައި ކުރިޔަށްދާ ގަޑި ތަކެކެވެ. އަދި އެއްގަޑިއެއް އެމީހަކު ބޭނުނަ ނަމަ ދުވާލަކު ނުވަތަ ހަފްތާއަކު އެތަށް ފަހަރަކު ކުރިޔަށް ގެންދެވިދާނެއެވެ.

ޓައިޕްސް
ލާނިންގ މެނޭޖްމަންޓްގެ ވަރަށް ބައިވަރު ވައްތަރުތައް ހުރެއެވެ. މި ހުރިހާ ވައްތަރެއްވެސް ބޭނުންވާ މަޢުލޫމާތު ފޯރުކުރުމަށް ބޭނުންކުރަނީ އީލާނިންގއެވެ. އެހެން ކަމުން މި ހުރިހާ ވައްތަރެއްގެވެސް މަޤްޞަދު އެއްގޮތެވެ. ނަމަވެސް  މިއިން ވައްތަރެއް ހިޔާރު ކުރުމުގެ ކުރިން އެ އެއްޗަކުން ކުދިން ތަމްރީނު ކުރަން ބޭނުންވާ ތަކެތިނުވަތަ މަޢުލޫމާތު ފޯރުކޮށްދޭނެ ގޮތްތަށް ބެލުން މުހިންމެވެ. މިސާލަކަށް ކުދިންނަށް ބޭނުންވާ މަޢުލޫމާތު ލިބެނީ ފްރީ ސޮފްޓްވެއަރ އަކުންތޯ ނުވަތަ ކޮމާޝިއަލް ޕްލެޓްފޯމް އަކުންތޯ ބަލަންޖެހެއެވެ. ފްރީކޮށް ނަމަ އެއީ ފައިދާ ބޮޑު ގޮތެއްކަމުގައި ބެލެވެއެވެ. އެއީހުރިހާ ކުދިންނަށްވެސް ހިލޭ އޭގެ ބޭނުން ކުރެވޭތީއެވެ. ކޮމާޝިއަލް ނަމަ ފައިސާ ދައްކަން ޖެހެއެވެ. މަޢުލޫމާތު ފޯރުކުރުމަށް އަދިވެސް މި ކަހަލަ ތަފާތު ގޮތްތަށް ބޭނުުން ކުރެއެވެ.
ފައިދާތައް
މިއީ ތަފާތު ގިނަ ފައިދާތަކެއް ލިބިގެންދާނެ ޓެކްނޮލޮޖީގެ ބާވެތެކެވެ. އެގޮތުން މި ސިސްޓަމްގެ އެހީގައި އެއަވަގުތެއްގައި އެއްތަނެއްގައި އެކަކަށް ތަފާތު ދެ ހަރަކާތެއް ކުރިޔަށް ގެންދެވިދާނެއެވެ. އަދި ކޯހުގެ ކިޔެވުން ކުރިޔަށްދާ ގަޑިތައް އެ ދަރިވަރަކު ނުވަތަ އެ ކިޔަވައިދޭ މީހަކު ބޭނުންވާ ދުވަހެއްގެ ބޭނުން ވަގުތަކަށް ހަމަޖެއްސުމުގެ ފުރުޞަތު ދެމީހުންނަށްވެސް ލިބިގެންދެއެވެ. މި ގަޑިތައް ކުރިޔށްދާނެ ގޮތްތައް ދަރިވަރުންނަށާއި، ކިޔަވައިދޭ މީހުންނަށް އަދި އިދާރީ ކަންކަމުގައި އުޅޭ ފަރާތްތަކަށް އެނގޭނެއެވެ. ކިޔެވުން އޮންނަ ގަޑިތަކަށް ކުޑަވެސް ބަދަލެއް އައިސްފި ކަމުގައި ވާނަމަ ދަރިވަރުނަނަށްއެކަން ވަގުތުން އެނގިގެން ދެއެވެ. މީގެ އިތުރުން މިޢި އިންޓަނެޓްގެ އެހީގައި ކުރިއަށްދާ ބާވަތެއް ކަމުން، ކިޔަވައިދޭމީހާ ބޭނުންވާ ކޮންމެ އެއްޗެއް ފަސޭހަ ކަމާއިއެކު އޭނާގެ ކިޔަވައި ދިނުމުގައި ބޭނުން ކުރެވެއެވެ. އެއީ ވީޑިއޯއެއް ނުވަތަ ދޮކިއުމެންޓެއް ކަމުގައި ވީނަމަވެސް ހުރިހާ ކުދިންނަށްވެސް އެ ތަކެތި ފެންނަ ގޮތަށް ކިޔަވައިދިނުން ކުރިޔަށް ގެންދެވެއެވެ. އަދި ހަމަ އެފަދައިން  މި ސިސްޓަމްގެ އެހީގައި ކިޔަވައިދޭ ފަރާތްތަކަށް ވަރަށް ފަސޭހަ ކަމާއެކު ކުދިންގެ ހާޒިރީ ބަލާލެވެއެވެ. އާންމުގޮތެއްގައި އެއީ ފޯނު ނުވަތަ އެހެންވެަސް އެފަދަ އެއްޗެއްގެ އެހީގައެވެ. މި ސިސްޓަމްގެ އެހީގައި ދަރިވަރުންނަށް އިމެއިލް ބޭނުން ކޮށްގެން މުޢާމަލާތް ކުރާނެ ގޮތް އެނގިގެން ދެއެވެ. އެއީ ކޯހިގެ ތަފާތު މަޢުލޫމާތު ކުދިންނާއި ހިއްސާ ކުރެވެނީ އީމެއިލްގެ ޒަރިއްޔާ އިން ކަމުގަ ވާތީއެވެ.
 އިތުރު ފައިދާ ތަކުގެ ތެރޭގައި ފަސޭހަކަމާއި އެކު ގިނަ މުއްދަތެއްވަނދެން މި ސިސްޓަމްގެ ބޭނުން ކުރެވުމާއި، ތަފާތު ގޮތްތަކަށް ކިޔަވައި ދިނުމުގެ ފުރުޞަތު ކިޔަވައިދޭ މީހާއަށް ލިބިގެންވެއެވެ. އޭގެތެރޭގައި ކިޔަވައިދޭއިރު ބޭނުންކުރާ ޓީޗިން އެއިޑްސް ހަދާއިރު ތަފާތު ގޮތްތައް ބޭނުން ކުރުން އަދި ކުދިންގެ ފެންވަރު ބަލާނެ ތަފާތު ގޮތްތައް މި ސިސްޓަމް އިން ލިބިގެންެދެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކަށް މި ސިސްޓަމްގެ ޒަރިއްޔާއިން ކިޔަވަިދިނުމުގެ ސަބަބުން މި ސޮފްޓްވެއަރ ގަނެގެން އުޅޭެ ފަރާތަތަކަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. މި ހުރިހާ ކަމެއްގެ ނަތީޖާ އެއްގެ ގޮތުން ލާނިން މެނޭޖްމަންޓް ބޭނުންކުރުމުގެ ސަބަބުން ކުންފުނީގެ މުވައްޒަފުންނާއި މަސައްކަތްތެރިކަން އިތުރަށް ތަރައްޤީ ވެގެން ދެއެވެ. އެހެންކަމުން މި ކުންފުނިތަކަށް މާކެޓުގެ ގިނަ ބައެއްގެ އިތުބާރު ލިބި ފައިދާވެގެންދެއެވެ.
ގެއްލުންތައް
ލާނިންގ މެނޭޖްމަންޓް ސިސްޓަމްގެ ނުވަތަ މި ސޮފްޓްވެއަރގެ ބައެއް ގެއްލުންތަކުގެ ތެރޭގައި މި ސޮފްޓްވެއަރ ބެނުންކުރާއިރު މި އާއި ގުޅޭ އެހެނިހެން ތަކެތި ބޭނުންކުރަން ޖެހެއެވެ. މި ބޭނުން ކުރެވޭ ތަކެއްޗަކީ ދަރިވަރުންނަށް މުޅިން އާ އެއްޗެއްސައް ވެގެން ހިނގައިދާނެއެވެ. އެހެނަ ކަމުން ޓީޗަރުންނަށް ޖެހޭނީ ފުރަތަމަ މި ތަކެތި ބޭނުންކުރާނެ ގޮތްތައް ދަރިވަރުންނަށް ކިޔައިދޭށެވެ. މިއީ ބްއެއް ފަަހަރު ވަގުތު ބޭނުންވާނެ ކަންކަމެވެ. ހަމަ މިއާއިއެކު މި ސޮފްޓްވެއަރ އާއިއެކު ބޭނުންކުރާ ބައެއް އެޕްލިކޭޝަންސް ތަކަކީ އެއަށް ފައިސާ ހަރަދުވާ އެއްޗެއްސެވެ. އެނުން އެޕްލިކޭޝަންސް ގިނަ ފަހަރަށް ހުންނަނީ ހަމަ ހިލޭ ބޭނުންކުރެވޭ ގޮތަށެވެ.
މަޤްޞަދު
ލާނިންގ މެނޭޖްމަންޓް ސިސްޓަމް އާއި ކޮމްޕިއުޓަރގެ އެހީގައި ކިޔަވާ އެހެނިހެން ސޮފްޓްވެއަރސް ތަކާއި ހުރި ތަފާތު ދެނެގަނެވޭނީ ލާނިންގ މަނޭޖްމަންޓްގެ އަސްލު ވަރަށް ރަނގަޅަށް އެނގިގެންނެވެ. އެގޮތުން ލާނިންގ މެނޭޖްމަންޓް ސިސްޓަމް އަކީ ކިޔެވުމުގެ ހުރިހާ ރޮނގެއްގައިވެސް ބޭނުން ކުރެވޭ ޕްރޮސެސް އެކެވެ. އަދި ތަޢުލީމީ ދާއިރާގެ ގިނަ މުއައްސަސާތައް ލާނިންގ މެނޭޖްމަންޓް ސިސްޓަމް ބޭނުން ކުރަނީ ކުލާސްރޫމްތަަކުގައި ކިޔަވައިދޭ އެއްޗެހީގެ ފެންވަރުރަނގަޅު ކުރުމަށާއި ކުލާސްރޫމްތަކުގައި ކިޔަވައި ދިނުމަށް ބާރު އެޅުމުގެ ގޮތުންނެވެ. އަދި މިފަދަ ކޯސްތަކުން ގިނަ ބަޔަކަށް ފުރުޞަތު ދިނުމުގެ ގޮތުންނެވެ.
މުސްތަޤުބަލްގައި ލާނިންމެނޭޖްމަންޓް ސިސްޓަމް
މޯބައިލް ފޯނު ބޭނުންކުރާ މީހުންގެ އާބާދީ އިތުރު ވަމުންދިޔުމުގެ ސަބަބުން އީލާނިންގ ވެގެންދާނީ ގިނައަދަދެއްގެ ބަޔަކު ބޭނުންވާނެ އެއްޗަކަށެވެ. އެހެންކަމުން ލާނިންސ މެނޭޖްމަންޓް ސިސްޓަމް މި ސޮފްޓްވެއަރ ބޭނުންކުރާ މިންވަރު މުސްތަޤުބަލުގައި އިތުރުވެގެންދާނެ ކަމާމެދު ޝައްކެއްނެތެވެ. ހަމަ މިއާއިއެކު އިންޓަރނެޓުގެ ޒަރިއްޔާއިން ހިންގާ ކޯސްތައް އިތުރުވެ ކިޔެވުމުގެ އާ ގޮތްތަކެއްހޯދައި ޓެކްނޮލޮޖީގެ ގޮތުން މޮޅުކުރިއެރުންތަކެއް ލިބިގެންދާނެއެވެ.
ނިންމުން
މި ލިޔުމަކީ ލާނިންގ މެނޭޖްމަންޓް ސިސްޓަމް އާއިބެހޭގޮތުން ލިޔެފައިވާ ލިޔުމެކެވެ. މި ލިޔުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރޭގައި ލާނިންގ މެނޭޖަމަންޓް ސިސްޓަމްގެ ތަޢާރަފެއް އަދި ފީޗާސް ހިމެނެއެވެ. މީގެ އިތުރުން މި ސޮފްޓްވެއަރގެ މައިގަނޑު މަޤުޞަދާއި ވައްތަރުތައް އަދި  މިއިން ލިބޭ ބައެއް ފައިދާއާއި ގެއްލުން ހިމަނާލީމެވެ. އަދި ހަމަ މިއާއިއެކު މި ސޮފްޓްވެއަރގެ މުސްތަޤުބަލާއި ބެހޭ ކުޑަ މަޢުލޫމާތު ކޮޅެއްވެސް ހިމެނިފަވާނެއެވެ. މި ލިޔުމުން ލާނިންގ މެނޭޖްމަންޓް ސިސްޓަމް އަކީ ވަރަަށް ބޭނުންތެރި އެއްޗެއްކަން ހާމަވެގެން ގޮސްފިއެވެ.

ރިފަރެންސް
http://searchcio.techtarget.com/definition/learning-management-system
https://www.absorblms.com/blog/2013/06/20/the-most-important-learning-management-system-features-to-support-instructor-led-courses/
https://en.m.wikipedia.org/wiki/Learning_management_system
https://www.mindflash.com/lms


އެޑިއުކޭޝަނަލް ޓެކްނޮލޮޖީގެ ތާރީޚް

އެޑިޔުކޭޝަނަލް ޓެކްނޮލޮޖީއަކީ އުނގެނުމާއި އުނގަންނައި ދިނުމުގައި ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމެވެ. ބަނަރޑް ޖޯން ޕޫލް (2008) ވިދާޅުވާ ގޮތުގައި މީޑިޔާގެ ޒަރީޢާއިން ލިޔުން، އަޑު، ފޮޓޯ، އެނިމޭޝަން، ވީޑިއޯ ބޭނުން ކުރުމުން ދަރިވަރުންނާ މަޢުލޫމަތު ޙިއްސާ ކުރުމަށް ފަސޭހަ ވެއެވެ. މި ވަޞީލަތްތައްކުގެ އިތުރަށް އިންޓަނެޓް، އޯވަރހެޑް ޕްރޮޖެކްޓަރ، ކޮމްޕއުޓަރ، މަލްޓި މީޑިޔަރ ޕްރޮޖެކްޓަރ، ސްމާޓް ބޯޑް، މިމިނޯ، ފަދަ ޒަމާނީ ވަޞީލަތްތައް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.
               އެޑިޔުކޭޝަނަލް ޓެކްނޮލޮޖީގެ ތެރޭގައި ހިމެނޭ އިލެކްޓްރޯނިކް އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ނުވަތަ އީލާނިން އަކީ މިހާރުގެ މުޖުތަމައަށް ވަރަށް މުހިއްމު އެއްޗެކެވެ. އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ބޭނުން ކުރަނީ ހަމައެކަނި ސްކޫލް ތަކުގައި އެކަންޏެއް ނޫނެވެ. ގޭތެރޭގައާއި ވިޔަފާރި ތަކުގައި ވެސް ދަސްކުރަން ބޭނުންވާ މީހުން އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ ބޭނުން ކުރެއެވެ.
              ބަނަރޑް ޖޯން ޕޫލް (2008) ވިދާޅުވާގޮތުގައި އިންޓަނެޓް ބޭނުންކޮށްގެން ޝައުޤުވެރިކަމާއެކު ކިޔަވައިދެވޭނެ ގޮތްތައް ރޭވޭނެއެވެ. އެއީ ކިޔަވައިދޭއިރު އިންޓަނެޓް ބޭނުންކޮށްގެން ތަސްވީރުތައް ހޯދައި، ކުރެހުންތަކާއި ކަންކަމާގުޅޭ ވީޑިއޯތައް ނެގުމަކީވެސް ކުރެވިދާނެ ކަމަކަށް ވާތީއެވެ. އެކަންކަމުގެ ސަބަބުން ދަރިވަރުންގެ ހުނަރު އިތުރުކުރުމަށް އެހީތެރިވެދެއެވެ.
           މަލްޓިމީޑިޔާ ޓެކްނޮލޮޖީއަކީ އޭގެ ސަބަބުން ކުދިންގެ ކުރިއެރުމަށާއި ކުދިންގެ ޝައުޤުވެރިކަމަށް ބޮޑެތި ބަދަލުތަކެއް ގެނުވާ އެއްޗެކެވެ. ލެސް ފޮލްޓޮސް (2002) ހާމަކުރައްވާ ގޮތުގައި ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި ކުލާސްރޫމް ތަކުގައި ޓެކްނޮލޮޖީ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް އެމެރިކާގައި ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ. އެގޮތުން އަހަރަކު 5 ބިލިއަން ޑޮލަރު ޚަރަދުކޮށްފައި ވެއެވެ. ސަބަބަކީ ޓެކްނޮލޮޖީ ބޭނުންކުރުމުން ޓީޗަރުންނާއި ދަރިވަރުންނަށް ކުރިއެރުން ލިބޭކަން ވިޔަފާރިވެރިންނާއި، ތަޢުލީމީ ދާއިރާގެ ފަންނުވެރިންނާއި ސަރުކާރުން ގަބޫލު ކުރާތީއެވެ.
              ލިންޑާ އޭ ސެންޓިސް (1991) ހާމަކުރައްވާ ގޮތުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުންދާ މިދުނިޔޭގައި، ކުރިން ކިޔަވައިދެމުން އަންނަ ގޮތްތައް ބޭނުންކޮށްގެން ކުދިންގެ ޝައުޤުވެރިކަން ދަމައިގަތުން އޮންނަނީ ވަރަށް އުނދަގޫ ކަމަކަށްވެފައެވެ. ނަމަވެސް ތަޢުލީމީ މާހިރުން ގަބޫލުކުރައްވާ ގޮތުގައި މަލްޓިމީޑިޔާ ޓެކްނޮލޮޖީ ބޭނުންކޮށްގެން އެފަދަ ކުދިންގެ ޝައުޤުވެރިކަން ދަމައިގެނެވެއެވެ. މަލްޓިމީޑިޔާގެ ސަބަބުން ކުދިން ފިލާވަޅުގައި ބައިވެރިވުން އިތުރުވެ ކުދިންގެ ހުނަރު ތަރައްޤީ ކުރުމަށް އެހީތެރިވެދެއެވެ.
              މަލްޓިމީޑިޔާގެ އެހީގައި ދަސްކުރުމަކީ މިއަދު ދުނިޔެއަށް ތަޢާރަފު ވަމުންދާ ފެޝަނެކެވެ. އެކަމަށް ބާރުދެއްވަމުން ބިލްގޭޓްސް (1997) ވިދާޅުވެފައިވަނީ ކޮމްޕިއުޓަރުގެ އެހީގައި ދަސްކުރުން ފެޝަނަކަށްވީ އިންފޮމޭޝަން ޓެކްނޮލޮޖީގެ އަސަރު މުޖުތަމަޢަށާއި ތަޢުލީމީ ދާއިރާއަށް ފޯރުމުންނެވެ. ބިލްގޭޓްސްގެ ނަޒަރުގައި ކިޔަވައިދިނުމުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ބޭނުން ކުރުމުގެ ސަބަބުން ދަރިވަރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާތައް އެއްވެސް ބިރެއްނެތި ދަރިވަރުންނަށް ބަލައިލެވެއެވެ. އެކަމުގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވާ ޕްރެޝަރ ކުޑަވެގެންދާކަމަށް ބިލްގޭޓްސް ހާމަކުރައްވައެވެ. ނަތީޖާއަކަށް ވަނީ ދަރިވަރުންގެ ހާސްކަން ކުޑަވެ، ކިޔެވުމަށް ފަސޭހަވުމެވެ. އަދި އެކަމުގެ ސަބަބުން ކިޔެވުމަށް ހުންނަ ޝައުޤުވެރިކަން އިތުރުވުމެވެ.

             އުނގެނުމާއި އުނގަންނައިދިނުމަށް އެހީތެރިވުމަށް ތަފާތު ގޮތްތައް ބޭނުން ކުރުމަކީ ވަރަށް ކުރީއްސުރެ ކުރަމުން އަންނަ ކަމެކެވެ. މިގޮތުން އެންމެ ފުރަތަމަ މީޑިޔާ ބޭނުންކުރަންފެށީ 20 ވަނަ ގަރުނުގެ ކުރީކޮޅުއެވެ. މިގޮތުން އެޑިޔުކޭޝަނަލް ފިލްމެއް އުފައްދާފައިވަނީ 1900 ވަނަ އަހަރުގައެވެ. އަދި 1920 ވަނަ އަހަރު މެކޭނިކަލް ޓީޗިން މެޝިން އުފެއްދިއެވެ. މި މެޝިނުން ފުރަތަމަ އެސެސްމެންޓް ހެދިފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގައި ބައިވެރިވި ސިފައިންގެ އިންޓަލިޖެންސް ބެލުމަށެވެ. އަދި އަދި ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސވަރު ސިފައިްޓރެއިން ކުރުމުގައި ފިލްމުތައް އުފައްދައި އެ ދެއްކުމަށް ޕްރޮޖެކްޓަ ބޭނު ްކުރިއެވެ. 1950 ގައި ކިޔަވައި ދިނުމަށް ޕްރޮޖެކޓަރ ބޭނުނުން ކުރެވެން ފެށިއެވެ. 

ކުލާސްރޫމް ޓެކްނޮލޮޖީ




ޒަމާނަކީ މީހުންގެ ފަހަތުން ދުވާއެއްޗެއްނޫނެވެ. އަދި ކިޔެއްތަ ދުވާނެ އެއްޗެއްވެސް ނުމެ ނޫމްމެއެވެ. ޒަމާނަށް އަންނަ ބަދަލުތަކުގެ ފަހަތުން އަބަދުވެސް ދުވާނީ އަހަރެމެންނެވެ. މިކަމުގެ އެއްހެއްކެއްގެ ގޮތުގައި ޒަމާނީ ކްލާސްރޫމްތައް ފުދެއެވެ. ބްލެކްބޯޑާއި ޗޯކް ބޭނުންކޮށްގެން ކިޔަވައިދެމުން ދިޔަ ކްލާސްރޫމްތައް މިހާރު މިވަނީ ޒަމާނީ ޓެކްނޮލަޖީތައް ބޭނުންކޮށްގެން ކިޔަވައިދޭން ފަށައިފައެވެ. ބްލެކް ބޯޑުގައި ޗޯކުންލިޔުމުގެ ބަދަލުގައި ސީދާ ކްލާސްތެރޭގައި ޓެކްނޮލޮޖީގެ ތަފާތު އައު ވަޞީލަތްތައް ބޭނުބްކޮށްގެން ކިޔަވައިދޭ އިރު އެތައްގުނައެއް ފަސޭހަވެފައި ކުދިންކިޔެވުމަށްދޭ ޝައުޤުވެރިކަންވެސް އިތުރުވެއެވެ. މިހާރުގެ ކްލާސްރޫމް ތަކުގައި ދަނީ ޒަމާނީ ޓެކްނޮލޮޖީގެ އާވަޞީލަތްތައް ބޭނުންކުރުމުންނެވެ. މިގޮތުން އޮންލައިން ޓީޗިންގ ކްލާސް ބްލޮގްސްއާއި ޕްޑްކާސްޓިންގް ސުމާޓްބޯޑް އަދި މޮބައިލް ޑިވައިސްއަކީ މީގެ ތެރޭގައި ހިމެނޭ އެއްޗިއްސެވެ. މިއަދު ޢާއްމުވެގެން މިދާ ޓެކްނޮލަޖީގެ ސަބަބުން އަޅުގަނޑު މެންނަށް ފައިދާ ވާނެ ވަރަށް  ގިނަ ގޮތްތައް އެބަހުއްޓެވެ. މިގޮތުން ދުރުގައި ތިބެގެން ކިޔެވުމަށް ފަސޭހަވެ އަވަހަށް ފީޑްބެކްތައްވެސް ލިބިގެން ދެއެވެ. ހަމައެއާއި އެކު ބޮޑެތި ގްރޫޕްތަކުގެ މެދުގައި އެކުގައި މަސައްކަތް ކުރުމަށްވެސް ފަސޭހަވެގެންދެއެވެ. ޕެޑްކާސްޓިންގ އަދި ވެބްސައިޓްތައްފަދަ ޓެކްނޮލޮޖީގެ ސަބަބުން ބަލިވުންފަދަ ކަމަކާހެދި ކްލާހަށް ޙާޒިރު ނުވެވޭފަދަ ޢުޒުރެއް ދިމާވިއަސް އެދުވަހެއްގެ ފިލާވަޅު ނުގެއްލި ގޭގައި ހުރެގެންވެސް ފިލާވަޅު ދަސްކޮށް އަދި ޑިސްކަޝަންތަކުގައި ބައިވެރިވުމުގެ ފުރުޝަތު ދަރިވަރުންނަށް ލިބެއެވެ. އަދި ކްލާސް ބްލޮގްތަކާއި ވިކީގެ ސަބަބުންވެސް ކްލާސްރޫމުން ބޭރުގައިވެސް ފިލާވަޅުގައި ބައިވެރިވުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބެއެވެ. އަދި ހަމަ އެއާއި އެކު އިންޓަރއެކްޓިވް ވައިޓްބޯޑް އާއި ޒަމާނީ ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކުރުމުގެ ސަބަބުން ކުދިންލާވަޅަށްދޭ ސަމާލުކަން އިތުރުވެ މުދައްރިސުންނަށް ފިލާވަޅު އޮޅުން ފިލުވައި ދިނުމުގައި ލުއިފަސޭހަކެއްލިބިގެންދެއެވެ.
ހަމަ އެއާއި އެކު ދަރިވަރުންނަށް ފިލާވަޅުގައި ބުނާއެއްޗެއްވެސް ފަސޭހައިން ފަހުމްވާން ވެގެންދެއެވެ.
އަދި މޯބައިލް ޑިވައިސްތަކުގެ ސަބަބުން އަވަހަށްދަރިވަރުންނަށް މަޢްލޫމާތު ފޯރުކޮށްދިނުމަށް ފަސޭހަވެގެން ދެއެވެ. މިއަދުގެ ދުނިޔެއަކީ ޓެކްނޮލަޖީގެ ސަބަބުން ކުޑަވަމުން އަންނަ ދުނިޔެއަކަށްވާއިރު މިއަދުގެ ކްލާސްރޫމްތަކަކީ ހަމައެކަނި ސްކޫލްގެ ހަތަރުފާރުތެރޭގައި ހުންނަ ތަނެއްނޫނެވެ. ޓެކްނޮލޮޖީ މެދުވެރިކޮށް ތަޢްލީމު ލިބިގަތުމާ ފޯރުކޮށްދިނުމަކީ މުސްތަޤްބަލަށް އޮތް ފަހިމަގެކެވެ.
ފާއިތުވި ދިހަވަރަކަށް އަހަރުތެރޭގައި ކްލާސްރޫމްތަކުގައި ކޮމްޕިއުޓަރ ބޭނުންކުރެވޭވަރު ދިޔައީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންނެވެ. ހަމައެކަނި ކޮމްޕިއުޓަރލެބްގައި ކުރިން ކޮމްޕިއުޓަރ ބޭނުން ކުރަމުން އައިނަމަވެސް މިއަދު ތަޢްލީމީ އިންސްޓިޓިއުޝަންގެ ކޮންމެ ދިމާލަކަށް ބަލައިލި ކަމުގައި ވީނަމަވެސް ކޮމްޕިއުޓަރ ބޭނުންކުރެވެމުންދާތަން ދަނީ ފެންނަމުންނެވެ. ދަރިވަރުން އެސައިމެންޓް ހެދުމަށާއި ރިސާޗް ހެދުމަށްކޮމްޕިއުޓަރ ބޭނުންކުރެއެވެ. އަދި ޓީޗަރުން ދަރިވަރުންގެ މަސައްކަތްތައް ބެލުމަށާއި ގްރޭޑްކުރުމަށް ކޮމްޕިއުޓަރގެ ބޭނުންކުރެއެވެ.
އިންޓަރނެޓް އީޖާދުވުމުން އެކިއެކި ކަންކަމާއިގުޅޭ މަޢްލޫމާތު ހޯދުން މިވަނީ ނުހަނު ފަސޭހަ ކަމަކަށްވެފައެވެ. މިއަދު ކޮންމެކަމަކާއި ބެހޭގޮތުން ބްލޮގްކޮށްލުމުން ނުވަތަ ޓްވިޓް ކޮށްލުމުން މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެ މަޢްލޫމާތުތައް ފެތުރިގެން ދެއެވެ. ވިކިޕީޑިއާ، ވިކިވަރސިޓީ، އަދި ވިކިބޮކްސް ފަދަ ތަޢްލީމީ ޕްރޮޖެކްޓްތަކުން އިންޓަރނެޓް މެދުވެރިކޮށް ތަޢްލީމީ މަޢްލޫމާތުތައް ހޯދެއެވެ.
ކުރީގައި ސައިންސް ލެބްތަކުގައި ބޭނުންކުރެވުނުއައި މުސްކުޅި ދުވަސްވީ ކޮމްޕިއުޓަރ އިންފެށިގެން މިއަދު އަޅުގަނޑުމެންގެ ދަބަހުގައިބާއްވާ އައިޕޮޑް އާއި ހަމައަށްވެސް ދަރިވަރުންނަށް އުނގަންނައިދިނުމަށް ބޭނުންކުރަމުން އައިގޮތްތައް ބަދަލުވަމުން އަންނަކަން އަންގައިދެއެވެ. އަބަދުވެސް ކުރިއަރަމުން އަންނަ ޓެކްނޮލޮޖީތަކުގެ ސަބަބުން އަންގައިދެނީ ކުރިޔަށް އޮތް އަހަރުތަކުގައި މިއަދަށްވުރެވެސް ކުރިއަރާފައިވާ އައު ޓެކްނޮލޮޖީތަކުގެ ބޭނުން އުނގެނުމަށާއި އުގަންނައިދިނުމުގައި ބޭނުންކުރެވޭނެކަމެވެ.
     ކްލާސްރޫމް ގައި ބޭނުންކުރެވެމުންދާ ތަފާތު ވައްތަރުގެ ޓެކްނޮލޮޖީތަކަށް ބަލާލަމާ ހިނގާށެވެ.
 -1ކްލާސްރޫމްތަކުގައި ކޮމްޕިއުޓަރ ބޭނުންކުރަންފެށުން. 

  ޒަމާނަށް އަންނަ ބަދަލުތަކާއި ގުޅިގެން ކޮމްޕިއުޓަރ ތަކަށްވެސް އަންނަނީ ބަދަލުވަމުންނެވެ. އެހުންނަ ބައްޓަމާއި އެ މަސައްކަތް ކުރާގޮތްވެސްވަނީ ބަދަލުވެފައެވެ. މިހާރު އަޅުގަނޑުމެން ބޭނުންކުރަނީ ޑެކްސްޓޮޕް ކޮމްޕިއުޓަރާއި އެއްތނުން އނެއްތަނަށް ގެންދެވޭފަދަ ލެޕްޓޮޕް ނުވަތަ ނޯޓްބްކެވެ. އައު ޓެކްނޮލޮޖީތައް އައިސް ކޮމްޕިއުޓަރާއި ގުޅުންހުރި އައިޕެޑް އަދި ގެލެކްސީ ޓެބްލެޓްފަދަ ގެޖެންޓްތައް އުފަންވިއެވެ. މި އެއްޗެހި ބޭނުންކޮށްގެން ޓީޗަރުން ދަރިވަރުންނާއި މަސައްކަތް ޙަވާލިކޮށް ކްލާހުގައި ސްޓެޖީ ގްރާފްތައް ހަދައެވެ. އަދި ޓީޗަރއިންނަށް ކޮމްޕިއުޓަރް ބޭނުންކޮށްގެން ފިލާވަޅާއި ގުޅުންހުރި ކުރެހުންތައް ދަރިވަރުންނަށް ދައްކާ ކުދިންނަށް ފިލާވަޅު ވިސްނައިގަތުމަށް ނުވަތަ ސިކުނޑިއަށް ނަގައިގަތުމަށް ފަސޭހަކޮށްދެވިދާނެއެވެ. ފަހުގެ ކޮމްޕިއުޓަރތަކުގައި އިންސްޓޯލް ކުރެވިފައިހުންނަ އެޕްލިކޭޝަންތަކުގެ ސަބަބުން ކުދިންނަށްކިޔެވުމަށް އެހީ ލިބެއެވެ. މިސާލަކަށް އިންޓަރނެޓް އެކްޕްލޯރާ ބޭނުންކޮށްގެން އިންޓަރނެޓުން އެއްޗެހި ހޯދިދާނެއެވެ. އަދި ވަރޑް ޕްރޮސެސިންގް އެޕްލިކޭޝަން ބޭނުންކޮށްގެން ނޯޓްސް ލިޔެވިދާނެއެވެ. މިފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެންފިލާވަޅާއި ގުޅުންހުރި މަސައްކަތް ކުދިންލައްވާ މުދައްރިސަށް ކުރެވިދާނެއެވެ.
2 -  ކްލާސް ވެބްސައިޓްތަކާއި ބްލޮގުތައް ހެދުން.
     ވަރޑް ޕްރެސް ނުވަތަ އެނޫންވެސް ކޮންޓެންޓް މެނޭގްމެންޓް ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން ވެބްސައިޓެއް ނުވަތަ ބްލޮގެއް ހެދުމަކީ ވަރަށް ފަސޭހަ ކަމެކެވެ. ހަދަން އެސައިމެންޓްތައް ޕޯސްޓް ކުރުމަށް މުދައްރިސަށް ކްލާސް ބްލޮގެއް ހެދި ދާނެއެވެ. މި ބްލޮގްތައް ހޯސްޓްކުރުމަށް ސްކޫލްގެފަރާތުން ވެބްސައިޓް ސަރވަރ އެއް ނުހުނަ ނަމަ ވަރޑްޕްރެސް ޑޮޓްކޮމް ނުވަތަ ނުވަތަ ބްލޮގަރ ޑޮޓްކޮ ފަދަ ވެބްސައިޓް ހޯސްޓްކުރާ ސަރވިސްއެއް މުދައްރިސަށް ބޭނުންކުރެދިދާނެއެވެ. މިފަދަ ޕްލެޓްފޯމްތަކުގެ ބޭނުންކޮށްގެން އެހޯސްޓްގެ ދަށުން މުދައްރިސަށް ބްލޮގެއް ހުޅުވިދާނެއެވެ. އޭރުން އެބްލޮގް މެދުވެރިކޮށް ދަރިވަރުންނަށް ކިޔެވުމާއި ގުޅުން ހުރި ހުރިހާ އެސައިމެންޓްތަކެއް ހޯދިދާނެއެވެ. މިފަދަ ބްލޮގްތަކުގައި ޑޭޓާޕޯސްޓްކޮށް މެނޭޖްކުރުމަކީ ވަރަށް ފަސޭހަމަކަމެކެވެ.
3 – ކްލާސްރޫމްގައިޑިޖިޓަލް މައިކްރޯފޯން ބޭނުންކުރުން.
  
   ބޮޑެތި ކްލާސް ކްލާސްރޫމްތަކަކީ އަޑުގަދވާނެ ތަންތަނެވެ. އެހެންކަމުން މުދައްރިސުންނަށް ވަޔަރލެސް ޑިޖިޓަލް މައިކްރޯފޯން ބޭނުންކުރެވިދާނެއެވެ. މައިކްރޯފޯންގެ އަޑު ލޯޑްސްޕީކަރތަކަށް ޓްރާންސްމިޓް ކޮޑްދޭނެއެވެ. އެގޮތުން ދަރިވަރުންނަށް މުދައްރިސްގެއަޑު ސާފުކޮށް އިވޭނެއެވެ. މިގޮތަށް މުދައްރިސުންނަށް ދަރިވަރުންނަށް ފިލާވަޅު އޮޅުންފިލުވައިދޭ އިރު ނުވަތަ ކިޔައިދޭއިރު އަޑަށް ބާރުލާކަށް ނުޖެހޭނެއެވެ. މިފަދަ ޑިޖީޓަލް މައިކްރޯ ފޯނަނަކީ އެހާ އަގުބޮޑު އެއްޗެއް ނޫނެވެ. އެހެން އާދައިގެ ސްކޫލްތަކުގައިވެސް ކޮންމެ ކްލާހެއްގައި މިފަދަ ވަޞީލަތެއްގެ ބޭނުން ކުރެވިދާނެއެވެ. އަދި ދަރިވަރުންނަށްވެސް މުދައްރިސާއި ކްލާހުގައި މުޢާމަލާތު ކޮށް ހެދުމުގައި މީގެ ބޭނުންކުރެވިދާނެއެވެ. އަދި ކުދިން ކްލާހަށް އެއްޗެހި ހުށައަލައި ދިނުމިގައިވެސް މިވަޞީތަލުގެ ބޭނުން އެދެވޭ ގޮތުގައި ބޭނުންހިފިދާނެއެވެ.

4 – މޯބައިލް ޑިވައިސަސް ބޭނުންކުރުން
   
  ކްލާހުގައި ކިޔެވުމާއި ގުޅުން ހުރިކަންތައްތަކުގައި ޓީޗަރ އާއި ދަރިވަރުންނަށް ސްމާޓްފޯން ބޭނުންކުރެވިދާނެއެވެ. ބޯބައިލް ލަރނިންގ މިހާރު އަންނަނީ ވަރަށް މަޝްހޫރުވަމުންނެވެ. އީ ލަރނިންގ ނުވަތަ ލޯންގް ޑިސްޓެންސް ލަރނިން ފަދަ ކަމެކެވެ. އެކަމަކު އެއީ މޯބައިލް ފޯން ބޭނުންކޮށްގެން ކުރެވޭ ކަމެކެވެ. މޯބައިލް ލަރނިންގ އެހާ ފަސޭހަ ކަމަކަށްވަނީ ކޮންމެ ތަނެއްގައި ހުރެވެސް އެގޮތަށް  އޭގެ ބޭނުން ކުރެވިދާނެ ތީއެވެ. މޯބައިލް ފޯން ލުއިވިނަމަވެސް އައިދައިގެ ކޮމްޕިއުޓަރ އެއްގައި ހުންނަ އެޕްލިކޭޝަންތައް އޭގައިވެސް ހުރެއެވެ. އެޑިއުކޭޝަނަލް މޮބައިލް އެޕްލިކޭޝަން އެއް މެދުވެރިކޮށް ދަރިވަރުންނަށް އެސައިމެންޓްފަދަ ތަޢްލީމީ މޮބައިލް ފޯނަކުން ހޯދިދާނެއެވެ. މިފަދަ ކަންތައްތައް ކްލާސްތެރޭގައި ނުވަތަ ކްލާހުން ބޭރުގައިވެސް ކުރެވިދާނެއެވެ.

5 - ސްމާޓް އިންޓަރއެކްޓިވް ވައިޓް ބޯޑް ބޭނުންކުރުން.
    ޒަމާނީ ސްމާޓް ވައިޓް ބޯޑަކީ ޓަޗްސްކްރީން ފަކްޝަނަލައިޒް ހުންނައެއްޗެކެވެ. އެހެންވުމުން މުދައްރިސް ގަލަމެއް ނުވަތަ އިނގިއްޔެއް ބޭނުންކޮށްގެން "ޕޮއިންޓްތައް" އިލަސްޓްރޭޓް" ކުރެވިދާނެއެވެ.ޕްރޮޖެކްޓަރ އެއް ބޭނުންކޮށްގެން ވައިޓްބޯޑުގައި މުދައްރިސުންނަށް ވިޝުއަލް އިމޭޖުދައްކާ ކުދިންނަށް އުނގަންނައި ދިނުމުގައި އެހީތެރިވެވިދާނެއެވެ. ވިޝުއަލް އިމޭޖާއި އެކު ދަރިވަރުން ފަސޭހައިން އެއްޗެހި ދަސްކުރާނެއެވެ. އަދި ދަރިވަރުންނަށް ވައިޓް ބޯޑުގައި ކުރަހާ ކަންތައްވެސް ކުރެވޭނެއެވެ. ސްމާޓް ވައިޓްބޯޑް އެކިސައިޒްގައި ހުރެއެވެ. ރަނަގަޅީ ފުޅާބޯޑެވެ. ސަބަބަކީ އޭގެއިން މަންޒަރު ބޮޑެތިކޮށްދައްކާ ތީއާއި އެއްފަހަރާ ދެދަރިވަރުންނަށްވެސް ބޭނުންކުރެވޭތީއެވެ.

6 – އޮންލައިން މީޑިއާ ބޭނުންކުރުން.
  
  މުދައްރިސުންނާއި އަދި ދަރިވަރުންނަށްވެސް އޮންލައިންގ ސްޓްރީމިންގ މީޑިއާތައް ކްލާހުގައި ބޭނުންކުރެވިދާނެއެވެ. ޕްރޮޖެކްޓަރް އިންޓަރނެޓް އަދި ވައިޓްބޯޑް (ސްމާޓްބޯޑް) ބޭނުންކޮށްގެން "ރިއަލްޓައިމް" މިސާލަކަށް ޔޫޓިއުބުކަހަލަ ސައިޓަކުން މުދައްރިސަށް ކުދިންނަށް ދައްކާ ލެވިދާނެއެވެ. ތަޢްލީމާއި ގުޅުންހުރި ވީޑިއޯތައް މިފަދަ ވެބްސައިޓްގައި ހުރެއެވެ. ޖޯގްރަފީ ކަހަލަ ކްލާހެއްގައި ޓެކްނޮލޮޖީ ބޭނުންކުރެވިދާނެ މިސާލެއް ނަގަމާ ހިނގާށެވެ. ޔޫޓިއުބު ވީޑިއޯ އެއް ބޭނުންކޮށްގެން ވޮލްކެނިކް އެކްޓިވިޓީތަކާއި އަދި އޭގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ކަންތައްތައް މުދައްރިސަށް ދަރިވަރުންނަށް ކިޔައިދީ އޮޅުން ފިލުވާ ދެވިދާނެއެވެ. މިފަދަ "އިލަސްޓްރޭޝަން" ތަކުން ދަރިވަރުންގެ ސަމާލުކަން ފިލާވަޅަށް އިތުރުވެ އަދި ފިލާވަޅު ދަސްކުރުމަށް ފަސޭހަވެގެން ދެއެވެ.

7 - އޮންލައިން ސްޓަޑީ ޓޫލްސް ބޭނުންކުރުން.
    "ޑައިނަމިކް ޕީރިއޯޑިކް ޓޭބަލަ" ފަދަ އޮންލައިން ޓޫލްސްތަކުގެ ބޭނުންކޮސްގެން ކެމިސްޓްރީ ކިޔަވާކުދިންނަށް އެލިމަންޓްތައް ވަކިކުރެވެއެވެ. " ފޯލްޑްއިޓް" މިޓޫލްގެ ސަބަބުން ބަޔޮލޮޖީ ކިޔަވާ ދަރިވަރުންނަށް ޕްރޮޓީންސް އާއި ބެހޭ ކަންކަން ދަސްކުރުމަށް ފަސޭހަވެއެވެ. " މެތްވޭ" މިއީ ހިސާ ހަދާ ދަރިވަރުންނަށް ހިސާބުގެ ނަމްބަރތައް ހެދުމަށް ފަސޭހަކޮށްދޭ ޓޫލްއެކެވެ. މިފަދަ ތަޢްލީމާއިގުޅޭ ޓޫލްތަކުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމުގެ ތަފާތު ގޮތްތައް ކުރިއެރުވެއެވެ.

ނިންމުން
     މި މަސައްކަތުން އަޅުގަނޑަށް އެނގި ހާމަވެ ގެން ދިޔައީ ޒަމާނީ ކްލާސްރޫމް ޓެކްނޮލޮޖީތަކުގެ ހުރިފައިދާ އާއި އަދި މިކަމުން ދަރިވަރުންނަށާއި މުދައްރިސުންނަށް ލިބޭ ލުއިފަސޭހަކަމެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ލޯތައް އެކިއެކި ކަންކަމަށް ހުޅުވި މުދައްރިސުންނާއި ދަރިވަރުންނަށް ލިބޭ މަޢްލޫމާތު އިތުރަށް މުއްސަނދިވެއެވެ.


.